ENGLISH

16 މޭ 2026

Advertisement

ކުރިއަށް އޮތް 24 ގަޑިއިރު ވެސް މޫސުން ގޯސް

16 މޭ 2026

|

އައިމިނަތު ޝަފާ

ކުރިއަށް އޮތް 24 ގަޑިއިރުވެސް މުޅި ރާއްޖެއަަށް މޫސުން ގޯސްވާނެކަމަށް ވަޏީ ލަފާކޮށްފައި

ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުންގޯސްވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން ވެސް އެކަށީގެން ވާކަމަށެވެ. 

ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކޮށްފައިވާއިރު ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށް އެ އިދާރާއިން ވަނީ ބުނެފަ އެވެ. ރާއްޖޭގެ ކަނޑުތަކުގެ ރާޅުގެ އުސްމިން ހުންނާނީ ހަތަރު ފޫޓާއި ހަތް ފޫޓާ ދެމެދުގައިކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކުރެ އެވެ.

ފާއިތުވީ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނުކަމަށް ލަފާކުރެވެނީ މާލެއަށެވެ. އެއީ 49.7 މިލިލީޓަރުގެ ވާރެ އެވެ. 

ރާއްޖެއަށް ހުޅަނގު މޫސުން ފެށިފައިވާއިރު އާއްމުކޮށް ހުރިހާ ރައްޔިތުން ، ހާއްސަކޮށް ކަނޑުދަތުރުކުރައްވާ ރައްޔިތުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު