ENGLISH
15 މޭ 2026
ހިންނަވަރުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފި
15 މޭ 2026
|
ތުުހުމަތު އޮތް މީހުން
އެންމެ މަޤްބޫލު
ޅ. ހިންނަވަރުގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެ ތަކެތި ބޭނުންކުރާ ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ޅ. ހިންނަވަރު / ޝޭޑީސައިޑް، އަޙްމަދު ޒިޔާދު އާދަމް (38އ) އާއި ޅ. ހިންނަވަރު / ނޭޒާ، މާޖިދު މުޙައްމަދު (30އ) އާއި ޅ. ހިންނަވަރު / ދިލްސާދުގެ، މުޙައްމަދު އިބްރާހީމް (51އ) އެވެ.
އެ މީހުން ހައްޔަރުކޮށްފައި ވަނީ މި މެއި މަހުގެ 13 ވަނަ ދުވަހު ހިންނަވަރު ޕޮލިސް ސްޓޭޝަނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ. އެ އޮޕަރޭޝަންގައި، ކޯޓު އަމުރެއްގެ ދަށުން އެ މީހުން ހައްޔަރުކޮށް، އެ މީހުން އެ ވަގުތު ތިބި ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 21 ރަބަރު ޕެކެޓާއި މަސްތުވާތަކެތީގެ ވިޔަފާރިކުރަން ބޭނުންކުރާ ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަޙްމަދު ޒިޔާދު އާދަމް 15 ދުވަހަށް، މާޖިދު މުޙައްމަދު ހަތަރު ދުވަހަށް އަދި މުޙައްމަދު އިބްރާހީމް 30 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.