ENGLISH

15 މޭ 2026

Advertisement

ފުރަތަމަ ޑައިވްގައި ގެއްލުނު މީހުން ނުފެނުނު، ދެވަނަ ޑައިވަށް ތައްޔާރުވަނީ

15 މޭ 2026

|

އައިމިނަތު ޝަފާ

ޑައިވަރުން ގެއްލުން ސަރަހައްދު.-- ފޮޓޯ: އެމްއެންޑީއެފް

ވ.އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ހަތަރު މީހުން ހޯދުމަށް އެމްއެންޑީއެފުން ފުރަތަމަ ޑައިވްކޮށްފައިވާކަމަށާއި އަދި އެމީހުންގެ ނިޝާނެް ފެނިފައި ނެތް ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ. 

މި އޮޕަރޭޝަނުގެ ކަންކަން ހިނގަމުންދާ ގޮތް ބައްލަވާލެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި އެ ސަރަހައްދަށް ވަޑައިގެން "އެމްއެމްޓީވީ" އަށް މައުލޫމާތު ދެއްވަމުން ތަރުޖަމާނު ވިދާޅުވީ ފުރަތަމަ ސާޗު ޑައިވްކޮށްފައިވާ ކަމަށާއި އެ ޑައިވުގައި ކޭވް އެންޓްރެންސްއާ ހަމައަށް ގޮސް އެ ތަނުގައި ބެލޫންސް ލައި އަދި ކޭވް އެތެރެއަށް ވަދެ ވަކި ހިސާބަކަށް ދަތުރުކުރި ކަމަށެވެ.

"އެއީ ފުރަތަމަ ސާޗު. އެ ސާޗު ނިންމާފައި މިހާރު މައްޗަށް އަރައިފި. ދެން އަނެއްކާ ދެވަނަ ސާޗަކަށް މިހާރު ތައްޔާރުވަމުން އެ ދަނީ،". ތަރުޖަމާނު ވިދާޅުވި އެވެ.

ކޭވް އެންޓްރެންސްގައި 45 މީޓަރުގެ ފުންމިން ހުރި އިރު އެ ސަރަހައްދަށް މޫސުން ވަރަށް ގޯސްކަމަށް އެމްއެންޑީއެފްއާ ހަވާލާ ދެއްވައި ތަރުޖަމާނު ވިދާޅުވި އެވެ. އޮޕަރޭޝަން ކުރިއަށްގެންދާއިރު އެ ސަރަހައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީ ހަރަކާތްތެރިވަމުން ދެއެވެ. 

މި އޮޕަރޭޝަން ހިނގާ ގޮތް ބައްލަވާލެއްވުމަށްޓަކައި އެ އުޅަނދުގައި އިޓަލީން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވެސް އެބައިންނެވިކަމަށް ތަރުޖަމާން ވިދާޅުވި އެވެ. 

ޑައިވަރުން ގެއްލިގެން އުޅޭކަމުގެ ރިޕޯޓް، އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް އިއްޔެ 13:45 ހާއިރު ލިބުމާ އެކު، މި މީހުން ހޯދުމުގެ މަސައްކަތް، ކަނޑާއި ވައިގެ މަގުން އެމްއެންޑީއެފުން ދަނީ ކުރަމުން ނެވެ. އެކެއްގެ ހަށިގަނޑު ފެނިފައިވަނީ، އެމީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސަފާރީގެ ޑައިވަރުންނަށް، އިއްޔެގެ 18:13 ހާއިރު މޫދު އަޑިންނެވެ.

މިހާރު ކުރިއަށް ދަނީ ބާކީ ތިބި ހަތަރު ޑައިވަރުން ހޯދުމުގެ މަސައްކަތެވެ. މިއީ ވަރަށް ނުރައްކާތެރި ހައި ރިސްކް އޮޕަރޭޝަނަކަށް ވަތީ، އެމްއެންޑީއެފް ކޯސްޓްގާޑުގެ އިތުރު ޑައިވަރުންނާއި ބޭނުންވާ ޚާއްޞަ ސާމާނު މިހާރު ވަނީ އެ ސަރަހައްދަށް ފޮނުވާފައި ކަމަށް ސިފައިން ބުންޏެވެ. 

ކިޔުންތެރިންގެ ހިޔާލު