ENGLISH
15 މޭ 2026
އާއިލީ ޒިންމާ އުފުލާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ނިޒާމުތައް އިތުރަށް ވަރުގަދަކުރުމަކީ މުހިންމު ކަމެއް: ފަސްޓް ލޭޑީ
15 މޭ 2026
|
ޢީދު ހަވީރުގައި ރައީސްގެ ދެކަނބަލުން. ފޮޓޯ:ރައީސް އޮފީސް
އެންމެ މަޤްބޫލު
މައިންބަފައިންނާއި، އާއިލާގެ މެންބަރުން ބަލަހައްޓާ ފަރާތްތަކުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އެހީތެރިކަން ފޯރުކޮށްދޭ ނިޒާމުތައް ހަރުދަނާކުރުމަކީ ނުހަނު ބޭނުންތެރި ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ އާއިލާތަކުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފަސްޓް ލޭޑީ ވަނީ ބަދަހި މުޖުތަމައެއް ބިނާކުރުމަށާއި އުޖާލާ މުސްތަގްބަލެއް ބައްޓަންކުރުމުގައި އާއިލާތަކުން ފޯރުކޮށްދޭ ލޯތްބާއި، އަޅާލުމާއި، އަދި އެހީތެރިކަމުގެ އަގު ވަޒަންކުރައްވާފަ އެވެ.
އާއިލާތަކަށް އިޖުތިމާއީ އަދި އިގްތިސާދީ އާ ގޮންޖެހުންތަކާ ކުރިމަތިވަމުންދާ މި ދަނޑިވަޅުގައި، މައިންބަފައިންނާއި، ކުދިންނާއި، އަދި އާއިލާގެ މެންބަރުން ބަލަހައްޓާ ފަރާތްތަކުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދޭ ނިޒާމުތައް ހަރުދަނާ ކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި އެކަމަނާ ފާހަގަކުރެއްވި އެވެ.
އާއިލާތަކުގެ ފުރިހަމަ ކުރިއެރުމަށް މަސައްކަތް ކުރުމަކީ، ފާގަތި އަދި ތަނަވަސް ދިވެހި ރާއްޖެއެއްގެ ބިންގާ އެޅުމަށްޓަކައި ކުރެވޭ މުހިންމު އިންވެސްޓްމަންޓެއްކަމަށް އެކަމަނާ ވިދާޅުވި އެވެ.
ކޮންމެ އަހަރެއްގެ ވެސް މޭމަހުގެ 15 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަގްވާމީ އާއިލާތަކުގެ ދުވަހުގެގޮތުގަ އެވެ.
އާއިލީ މައްސަލަތަކަށް އިސްކަންދީ މި މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެގޮތުން ބައިނަލްއަގްވާމީ އާއިލާތަކުގެ ދުވަހެއް ފާހަގަކުރަން ފަށާފައިވަނީ 1993 ވަނަ އަހަރުން ފެށިގެން ނެވެ.