ENGLISH
15 މޭ 2026
ތަރިކައިގެ ފަތުރުވެރިކަމުން ރާއްޖޭގެ ފަތުރުވެރިކަން އާ ހަރުފަތަކަށް ގެންދެވޭނެ: ވަޒީރު ހީނާ
15 މޭ 2026
|
ފަންނާއި، ސަގާފަތާއި، ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު
އެންމެ މަޤްބޫލު
ދިވެހިރާއްޖޭގެ ރަށްރަށުގައި ހުރި އާސާރީ ތަންތަނާއި ތަރިކަތަކުގެ ބޭނުން ހިފައިގެން، ރާއްޖޭގެ ފަތުރުވެރިކަން މުޅިން އާ ހަރުފަތަކަށް ގެންދެވިދާނެ ކަމަށް ފަންނާއި، ސަގާފަތާއި، ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ހީނާ ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އާސާރީ ބިނާތަކާއި ތަރިކައަކީ އިޤްތިޞާދީ ގޮތުން ބޮޑެތި މަންފާތަކެއް ހޯދިދާނެ ވަސީލަތްތަކެއް ކަމަށެވެ. އަދި "ހެރިޓޭޖް ޓޫރިޒަމް" ނުވަތަ ތަރިކައިގެ ފަތުރުވެރިކަން ކުރިއެރުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޚާއްޞަ އިސްކަމެއްދޭ ކަމެއްކަން އެކަމަނާ ފާހަގަކުރެއްވި އެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ރަށްރަށުގައި ހުރި ގިނަ އާސާރުތަކަކީ ފަތުރުވެރިން ޝައުގުވެރިވާނެ ފަދަ ތަންތަން ކަމަށާއި، މި ތަންތަން އެކަށީގެންވާ ގޮތެއްގައި ބަލަހައްޓައި އިޝްތިހާރު ކުރެވިއްޖެނަމަ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އާ ދިރުމެއް ލިބޭނެ ކަމަށެވެ. މީގެ ސަބަބުން ރާއްޖެއަކީ ހަމައެކަނި "ގޮނޑުދޮށާއި މޫދު" ފެންނަ މަންޒިލެއްގެ ބަދަލުގައި، މުއްސަނދި ތާރީޚެއް އޮތް ޤައުމެއްގެ ގޮތުގައި މުޅި ދުނިޔެ ބަލައިގަންނަ ތަނަކަށް ވެގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.