ENGLISH

15 މޭ 2026

Advertisement

ޔާމީން ޖަލުގައި ހޭދަކުރެއްވީ ހިތްދަތި ދުވަސްތަކެކޭ ވިދާޅުވެ ހެއްދެވި އިތުރުފުޅު މިރޭ ޔަގީންވާނެ: ޝުޖާއު

15 މޭ 2026

|

އައިމިނަތު ޝަފާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޕީއެންއެފްގެ ޖަލްސާއެއްގައި. --ފޮޓޯ: ސަން

ޖަލުގައި ހޭދަކުރެވީ ހިތްދަތި ދުވަސްތަކެކޭ ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހެއްދެވި އިތުރުފުޅު މިރޭ ޔަގީންވާނެ ކަމަށް ކޮންގްރެސް ޕާޓީގެ ނާއިބު ރައީސް އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެ އެވެ. 

ޝުޖާޢު މިފަދައިން ވިދާޅުވި އިރު ނޫސްވެރިކަމުގެ މިނިވަންކަމުގެ ދިފާއުގައިކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު މިރޭ ބައްދަލުކުރައްވާނެކަން ވަނީ ހާމަކޮށްފައެވެ.

މި ބައްދަލުވުން މިރެއަށް ތާވަލުކޮށްފައިވާއިރު ނޫސްވެރިކަމުގެ މިނިވަންކަމުގެ ދިފާއުގައި ކަމަށް ބުނެ، އެކުގައި މަސައްކަތް ކުރަން ތައްޔާރުކަން ރައީސް ޔާމީން ހާމަކުރެއްވީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ. 

މިކަމާ ގުޅިގެން ޝުޖާޢު ވިދާޅުވީ މި ރެޔަކީ ރައީސް ޔާމީން އެމަނިކުފާނުގެ ސަޕޯޓަރުން އަރިހު ވޭތުވެދިޔަ އެމްޑީޕީގެ އަނިޔާވެރި ވެރިކަމުގައި އެމަނިކުފާނު ޖަލުގައި ހޭދަކުރެއްވީ ހިތްދަތި ދުވަސްތަކެކޭ ވިދާޅުވެ އިތުރުފުޅު ހެއްދެވިކަން ސަޕޯޓަރުންނަށް ޔަގީންވާ ރޭ ކަމަށެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި މަނީ ލޯންޑްރިންގެ ކުށުގައި ހަތް އަހަރަށް އަދި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގައި ހަތަރު އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް ހުކުމް އިއްވީ ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި 2019 ވަނަ އަހަރުގެ ތެރޭގަ އެވެ. ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުރިހާ ހުކުމެއް ބާތިލުކުރުމާއެކު އެމަނިކުފާނު މިނިވަންވެ ވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމުން 2024 ވަނަ އަހަރު އެވެ. ރައީސް ޔާމީން ގެއަށް ބަދަލުކުރައްވައި މިނިވަންކަމާއެކު ބަސްބުނެވޭނެ ފުރުސަތު ފަހިކޮށްދެއްވީ މި ސަރުކާރުންނެވެ. ނަމަވެސް ފަހުން ޕީއެންސީގެ ލީޑާޝިޕާމެދު އުފެދުނު ހިޔާލުތަފާތުވުމުގައި ރައީސް ޔާމީން ވަނީ އަމިއްލަފުޅު ޕާޓީއެއް ހައްދަވައިގެން ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވަން ފައްޓަވައިފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު