ENGLISH
15 މޭ 2026
ދިވެހި ޙައްޖުވެރީންގެ ފުރަތަމަ ގްރޫޕް ފުރައިފި
15 މޭ 2026
|
އެއަރޕޯޓްގައި ހާޖީން ފުރުމަަށް ތައްޔާރުވަމުން ދަނީ. --ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އެންމެ މަޤްބޫލު
މި އަހަރުގެ ހައްޖުގެ އަޅުކަމަށްދާ ދިވެހި ހައްޖުވެރީންގެ ފުރަތަމަ ގްރޫޕް މިއަދު ފުރައިފި އެވެ.
މި ގްރޫޕުގައި ހިމެނޭ 235 ޙައްޖުވެރިން ސައުދީގެ ގައުމީ އެއާލައިނުގައި މިއަދު ފުރީ 15:34ގަ އެވެ. މި ފްލައިޓް ޖިއްދާއަށް ޖައްސާނެ ކަމަށް ލަފާކޮށްފައި ވަނީ މިރޭ ރާއްޖޭގެ ގަޑިން 20:34ގަ އެވެ.
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ބުނެފައިވަނީ، ރާއްޖެއިން ޙައްޖަށްދާ މީހުންގެ 50 އިންސައްތަ މީހުން ގެންދިއުމަށް ހަމަޖެހިފައިވަނީ ސައުދީ އެއާލައިން އިން ކަމަށާއި، އަދި އަނެއް 50 އިންސައްތަ މީހުން ގެންދާނީ ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓުގައި ކަމަށެވެ.
ރާއްޖޭއިން ޙައްޖަށްދާ މީހުން ގެންދިއުމަށް ހަތަރު ފްލައިޓެއް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ. އެއީ، ސަޢޫދިއާ އެއާލައިންގެ ދެ ފްލައިޓާއި މޯލްޑިވިއަންގެ ދެ ފްލައިޓެވެ. ޙައްޖުވެރިން ދެން ފުރާނީ މި މަހުގެ 17 ވަނަ ދުވަހާއި 18 އަދި 19 ވަނަ ދުވަހު އެވެ.
މިމަހުގެ 17 ވަނަ ދުވަހު އޮންނަ މޯލްޑިވިއަންގެ ފްލައިޓުގައި 257 ޙައްޖުވެރިން ފުރާނެ އެވެ. އަދި 18 ވަނަ ދުވަހު އޮންނަ ސަޢޫދިއާ އެއާލައިންގައި 267 ޙައްޖުވެރިން ފުރާއިރު، 19 ވަނަ ދުވަހު އޮންނަ މޯލްޑިވިއަންގެ ފްލައިޓުގައި 256 ޙައްޖުވެރިން ފުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ކޮންމެ އަހަރަކުވެސް ލިބެނީ 1000 ކޯޓާ އެވެ.
މިއަހަރަކީ ވެސް ދިވެހި ޙައްޖުވެރިންނަށް ފުރިހަމަ ޚިދުމަތްތަކެއް ދެވޭނެ އަހަރަކަށް ހެދުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ އަދި ޙައްޖު ކޯޕަރޭޝަން ގުޅިގެން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.