ENGLISH
15 މޭ 2026
ކުރެންދޫ ކުނި މެނޭޖްކުރާ ސެންޓަރު މަސައްކަތް ބާރު ދުވެލީގައި ކުރިއަށް
15 މޭ 2026
|
ކުރެންދޫ ކުނި މެނޭޖްކުރާ ސެންޓަރު މަސައްކަތް. --ފޮޓޯ:އާރްޑީސީ
އެންމެ މަޤްބޫލު
ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ޅ. ކުރެންދޫ ކުނި މެނޭޖްކުރާ މަރުކަޒުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.
އާރްޑީސީން މި މަޝްރޫއުގެ އަދާހަމަ ހިއްސާކުރަމުން ބުނީ މިހާރު ސައިޓުގައި ކުރިއަށްދަނީ މި ސެންޓަރުގެ އޮފީސް އިމާރާތުގެ ފައުންޑޭޝަން އެޅުމަށްޓަކައި ބިން ކޮނުމުގެ މަސައްކަތް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރަށްރަށުގެ ތިމާވެށި ޙިމާޔަތްކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވާއިރު، އާރުޑީސީއަކީ ރައްޔިތުންގެ އަސާސީ ބޭނުންތަކާއި ތަރައްޤީގެ މަޝްރޫޢުތައް ބާރުމިނެއްގައި ކުރިއަށްގެންދާ ކުންފުންޏެކެވެ.
މީގެ ތެރެއިން ޅ. ކުރެންދޫގައި ޤާއިމުކުރާ ކުނި މެނޭޖްކުރާ ސެންޓަރުގެ މަސައްކަތް ނިމުމުން، އެ ރަށުގައި އުފެދޭ ކުނި ނިޒާމީ ގޮތެއްގައި ނައްތާލެވި، ރަށުގެ ސާފުތާހިރުކަން ދެމެހެއްޓޭނެއެވެ. އާރުޑީސީގެ އަމާޒަކީ ތާވަލާ އެއްގޮތަށް މި މަޝްރޫޢު ނިންމައި، ލަސްނުކޮށް ރައްޔިތުންނަށް އޭގެ މަންފާ ފޯރުކޮށްދިނުމެވެ.