ENGLISH
15 މޭ 2026
ދިވެހި ޙައްޖުވެރީންގެ ފުރަތަމަ ގްރޫޕް މިއަދު ފުރާނެ
15 މޭ 2026
|
ހައްޖާޖީން ފުރުމަށް ތައްޔާރުވެގެން އެއާޕޯޓްގައި-- ފޮޓޯ: އެޑިޝަން.އެމްވީ
އެންމެ މަޤްބޫލު
މި އަހަރުގެ ހައްޖުގެ އަޅުކަމަށް ދާ ދިވެހި ހައްޖުވެރީންގެ ފުރަތަމަ ގްރޫޕް މިއަދު ފުރާނެ އެވެ.
ހައްޖުވެރިންގެ ފުރަތަމަ ފްލައިޓުގައި 235 ޙައްޖުވެރިން ސަޢުދީ އެއާލައިންސްގައި މައްކާ އަށް ދާނެ އެވެ. ފްލައިޓް ފުރުމަށް ހަމަޖެހިފައި ވަނީ މެންދުރުފަހު 15:25 ގައެވެ.
ހައްޖުވެރިންނާއި އެހީތެރިން އެއާޕޯޓަށް ގެންދިއުމަށް ބަހުގެ ހިދުމަތް ހަމަޖައްސާފައިވާއިރު މިއަދު ހަ ރޫޓަކުން ބަސް ދަތުރުކުރާ ގޮތަށް ހަމަޖެހިފައިވެއެވެ. ބަސް ދަތުރުތައް ފެށެނީ ހެނދުނު 10:30 ގައެވެ. ފްލައިޓް ފުރާ ގަޑީގެ ފަސް ގަޑިއިރު ކުރިން ބަސް ޚިދުމަތް ފެށޭނެ އެވެ.
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ބުނެފައިވަނީ، ރާއްޖެއިން ޙައްޖަށްދާ މީހުންގެ 50 އިންސައްތަ މީހުން ގެންދިއުމަށް ހަމަޖެހިފައިވަނީ ސައުދީ އެއާލައިން އިން ކަމަށާއި، އަދި އަނެއް 50 އިންސައްތަ މީހުން ގެންދާނީ ޤައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓުގައި ކަމަށެވެ. ރާއްޖޭއިން ޙައްޖަށްދާ މީހުން ގެންދިއުމަށް ހަތަރު ފްލައިޓެއް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ.
ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވާ ގަޑިތައް:
ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ކޮންމެ އަހަރަކުވެސް ލިބެނީ 1000 ކޯޓާ އެވެ.