ENGLISH

15 މޭ 2026

Advertisement

އައު ކައުންސިލަރުން ހުވާ ކުރުން އާދިއްތަ ދުވަހު، ރައީސް އިލްތިމާސްކުރެއްވީ ގުޅިގެން މަސައްކަތް ކުރަން

15 މޭ 2026

|

އައިމިނަތު ޝަފާ

ރައީސް އަތޮޅުތެރެއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން

ލޯކަލް ކައުންސިލް އިންތިޚާބުގައި އިންތިޚާބުވި ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުން އިޤްރާރުގައި ސޮއިކުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަންނަ އާދިއްތަ ދުވަހު ކުރިއަށްގެންދަން ނިންމާފައިވާއިރު ސަރުކާރާ ގުޅިގެން ކައުންސިލުތަކުން މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފި އެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އުއްމީދުކުރައްވަނީ ހުރިހާ ކައުންސިލުތަކުންވެސް ޒިންމާދާރުކަމާއެކު މަސައްކަތް ކުރާނެކަމަށް ކަމަށެވެ. 

"ސިޔާސީގޮތުން އެމީހަކު އެ ނިސްބަތްވާ ޕާޓީއަކީ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ހުރަހަކަށް ނުހައްދަވާނެކަމަށް އަޅުގަނޑުގެ އުއްމީދަކީވެސް އަދި އެދޭގޮތަކީ ވެސް. ނިސްބަތްވާ ޕާޓީއަކީ ހުރަހަކަށް ވެއްޖެ ނަމަ ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ހުރަސްތައް ކުރިމަތިވެދާނެ. އަމުދުން ނިސްބަތްވާ ޕާޓީއަކީ އިދިކޮޅު ފިކުރުގެ ޕާޓީއަކަށް ވެއްޖެ ނަމަ. އެކުގައި މަސައްކަތް ކުރާނަމަ ވަރަށް ރަނގަޅު،". ރައީސް ވިދާޅުވި އެވެ. 

އަލަށް އިންތިޚާބުވި މޭޔަރުންނާއި، ކައުންސިލަރުން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ހުވާކުރުމުގެ ގައިޑްލައިންގައި ވާގޮތުން ހުވާކުރުމުގެ ދަރުބާރު ކުރިއަށްގެންދިއުމަށް، ރަށުގައި ފަނޑިޔާރަކު ނެތްނަމަ، ފަނޑިޔާރަކު ހަމަޖެއްސުމުގެ ކަންކަން އެރަށެއްްގެ ސެކްރެޓަރީ ޖެނެރަލް ހަމަޖައްސަން ޖެހޭނެ އެވެ. އަދި، އޮންލައިންކޮށް ހުވާލައިދޭންޖެހޭ ޙާލަތެއްގައި އެކަމަށް ބޭނުންވާ މަޢުލޫމާތު ރަސްމިއްޔާތުގެ އެއްދުވަސް ކުރިން ފަނޑިޔާރަށް ލިޔުމުން އަންގަން ގައިޑްލައިންގައި ވަނީ ހިމަނައިފަ އެވެ.  

ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ނިމޭތާ ތިން ގަޑިއިރު ތެރޭ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ މަޢުލޫމާތު ޕޯޓަލްގައި އަދާހަމަކުރަން ގައިޑްލައިންގައި ވަނީ ހިމަނައިފަ އެވެ.

މާލޭ ސިޓީ ކައުންސިލަށް އަލަށް އިންތިހާބުވި މެމްބަރުން ހުވާކުރުމުގެ ދަރުބާރު ބާއްވަން ނިންމާފައިވަނީ ސޯޝަލް ސެންޓަރުގަ އެވެ. "އެމްއެމްޓީވީ"އަށް މައުލޫމާތު ދެމުން ސިޓީ ކައުންސިލުގެ އޮފިޝަލަކު ވިދާޅުވީ އިންތިހާބީ މެމްބަރުން ހުވާކުރުމުގެ ރަސްމިއްޔާތު ސޯޝަލް ސެންޓަރުގައި ބާއްވަން ނިންމީ ވީހާވެސް ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށެވެ. މި ދަރުބާރަށް ދައުލަތުގެ އިސް ވެރިންނާއި، ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންނާއި ސިޔާސީ ޕާޓީތަކުގެ އިސްވެރިންނަށް ދައުވަތުދޭން ވަނީ ނިންމާފަ އެވެ.

ލާމަރުކަޒީ ޤާނޫނުގެ ދަށުން އެންމެ ފުރަތަމަ ކައުންސިލަރުން ހުވާކުރީ 26 ފެބްރުވަރީ 2022 ގަ އެވެ. 

ކިޔުންތެރިންގެ ހިޔާލު