ENGLISH

13 މޭ 2026

Advertisement

އުދައަރާފާނެތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

13 މޭ 2026

|

އައިމިނަތު ޝަފާ

އުދަ އަރާފާނެތީ ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައި

ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އުދައިގެ އަސަރުކޮށްފާނެތީ އެކަމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފި އެވެެ. 

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން ވެސް އެކަށީގެން ވާކަމަށެވެ. 

ވައިޖެހޭނެކަމަށް ލަފާކުރަނީ ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އަދި އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލު ބާރު މިނުގަ އެވެ. ވިލަގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ. 

ރާއްޖޭގެ ކަނޑުތަކަށް ބަލާއިރު ދެކުނާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެކަމަށާއި އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެކަމަށް އެ އިދާރާއިން ވަނީ ބުނެފަ އެވެ. 

އަދި ދެކުނާއި މެދުރާއްޖެ ތެރޭގެ ރާޅުގެ އުސްމިން ހުންނާނީ 5-8 ފޫޓުގައި ކަމަށާއި، އުތުރުގައި ހުންނާނީ 6-3 ފޫޓުގައި ކަމަށް ވެސް ބުނެފައިވެއެވެ.

އެ އިދާރާއިން ވަނީ ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އުދައިގެ އަސަރުކޮށްފާނެތީ އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ. 

މޫސުން ގޯސްވެ، ދިޔަވަރު އެންމެ ބޮޑުވާ ދުވަސްތަކުގައި ބައެއް ރަށްތަކަށް އުދަ އަރައި ބޮޑެތި ގެއްލުންތައް ކުރިމަތިވެފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު