ENGLISH
13 މޭ 2026
މަޖިލީހުގެ މިއަދުގެ ޖަލްސާ ކެންސަލްކޮށްފި
13 މޭ 2026
|
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
އެންމެ މަޤްބޫލު
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކެންސަލްކޮށްފި އެވެ.
އާއްމުގޮތެއްގައި މަޖިލީހުގެ ޖަލްސާތައް ފަށަނީ މަޖިލީހުގެ ޖަލްްސާއެއް ފަށަން ތާވަލުކޮށްފައި އޮންނަ ކޮންމެ ދުވަހެއްގެ ހެނދުނު ނުވައެއް ޖަހާ އިރު އެވެ. ނަމަވެސް ކޯރަމް ހަމަނުވާތީ ޖަލްސާ ފަށާ ވަގުތު މިއަދު 10 ޖަހާއިރަށް ފަސްކުރި އެވެ.
ދިހަ އެއްް ޖަހައި ބޮޑުވީފަހުން މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ ޖަލްސާ 10 ޖަހާއިރަށް ބަދަލުކުރުމުންވެސް ކޯރަމް ހަމަވެފައިނުވާތީ މިއަދު ޖަލްސާ ކެންސަލްކޮށްފައިވާކަމަށެވެ.
އެހެންކަމުން ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ މާދަމަ އެވެ.
މަޖިލީހުގެ ގަވާއިދުގައިވާގޮތުން މި ހިނގާ ދައުރުގެ ޖަލްސާތައް ނިމި މަޖިލިސް ޗުއްޓީއަށް ދާނީ މާދަމާ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، މަޖިލީހުގެ ޖަލްސާއެއްގެ ގާނޫނީ އަދަދަކީ މަޖިލީހުގެ މެންބަރުންގެ 25 އިންސައްތަ އެވެ. އެހެންކަމުން 93 މެންބަރުން އެކުލެވޭ 20 ވަނަ މަޖިލީހުގެ ޖަލްސާގެ ކޯރަމަކީ 23 މެންބަރުން ނެވެ. މަޖިލީހުގެ ޖަލްސާތައް ފެށޭނީ އެ އަދަދު ހަމަވުމުން ނެވެ.