ENGLISH

13 މޭ 2026

Advertisement

ގައުމުގެ ވެރިޔާގެ މަގާމު އަދާކޮއްފަ ހުރީތީ ގާނޫނުގެ ދިގުއަތް ނުފޯރާނެ ކަމަށް ދެކޭ ދެކުން ބަދަލުވާންޖެހޭ: މުހައްމަދު އިސްމާއީލް

13 މޭ 2026

|

އައިމިނަތު ޝަފާ

ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަަދު އިސްމާއީލް. ފޮޓޯ؛ ޕީއެންސީ

ގައުމުގެ އެންމެމަތީ ވެރިޔާގެ މަގާމު އަދާކޮއްފަ ހުރީތީ ގާނޫނުގެ ދިގުއަތް ނުފޯރާނެ ކަމަށް ދެކޭ ދެކުން ބަދަލުވާންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެ އެވެ. 

މެމްބަރު މިފަދައިން ވިދާޅުވި ސީދާ ވަކި ސަބަބެއް ހާމަނުކުރެއްވި ނަމަވެސް ބެލެވޭ ގޮތުގައި މިއީ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ތަކުރާރުކޮށް ހިލާފުވަމުންދާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިސްވެ ހުންނަވައި އުފައްދަވާފައިވާ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ސިޔާސީ ހަރަކާތްތަކާ ގުޅިގެން ވިދާޅުވި ބަސްފުޅުތަކެކެވެ. 

މެމްބަރު ވިދާޅުވީ ގާނޫނުގެ ދިގުއަތް ހުރިހާ އެންމެންމައްޗައް ފޯރާނެކަން ރައްޔިތުންނަށް ޝައްކެއްނެތް މިންވަރައް ޔަގީންވާންޖެހޭ ކަމަށެވެ.

"ގާނޫނުގެ ކުރިމަތީ ބޮޑެއް ކުޑައެއް ފައިސާވެރިއެއް ނޫސްވެރިއެއް މަސްވެރިއެއް އޮޑިވެރިއެެއް ދަނޑުވެރިއެއް ތަފާތުވެގެން ނުވާނެ ހުރިހާ ފަރާތަކުންވެސް ގާނޫނައް ކިޔަމަންވެ ބޯލަބަންޖެހޭ،". މެމްބަރު ވިދާޅުވި އެވެ. 

އަދި ދިވެހިގައުމުގެ އެންމެމަތީ ވެރިޔާގެ މަގާމު އަދާކޮއްފަ ހުރީތީ ގާނޫނުގެ ދިގުއަތް ނުފޯރާނެ ކަމައް ދެކޭ ދެކުން ބަދަލުވާނެޖެހޭ ކަން ފާހަގަކުރައްވައި ސިޓިންރޫމްތަކުގައި ތިބެގެންނާ ޖަގަހަތަކު ތެރޭގައްޔާއި މަގުތައްމަތީގައި ބުހުުދޮގު ވާހަކަތައް ދައްކަމުންދާ ދިއުން ހުއްޓާލަންވެއްޖެ ކަމަށް ވެސް މެމްބަރު ވިދާޅުވި އެވެ. 

ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ތަކުރާރުކޮށް ހިލާފުވަމުންދާތީ ތަކުރާރުކޮށް ނަސޭހަތް ދިނުމަށްފަހު ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިސްވެ ހުންނަވައި އުފައްދަވާފައިވާ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް)، އެއް ލައްކަ ރުފިޔާއިން އިލެކްޝަންސް ކޮމިޝަނުން ވަނީ ޖޫރިމަނާކޮށްފަ އެވެ. 

އަދި ޕީއެންއެފާއި އެ ޕާޓީއަށް ނިސްބަތްވާ ފަރާތްތަކުން ހިންގާ ސިޔާސީ ހަރަކާތްތަކުގައި ގާނޫނާ ހިލާފު އަމަލުތައް ނުހިންގުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

މި އަމަލުތައް ތަކުރާރުވާނަމަ އެ އަމަލެއް ހިންގާ މީހުންނާ މެދު ވެސް ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ކޮމިޝަނުން ވަނީ ބުނެފަ އެވެ. 

މިއީ ގާނޫނާ ހިލާފުވާ ޕާޓީތަކާމެދު އެޅޭނެ އެންމެ ބޮޑު އެއް މާލީ ފިޔަވަޅުކަން ފާހަގަކޮށްލަންޖެހެ އެވެ. 

ކިޔުންތެރިންގެ ހިޔާލު