ENGLISH
13 މޭ 2026
ބަރާބަރަށް ފީ ދައްކާ، ބިދޭސީން ގެންނަ ކުންފުނިތަކުގެ ވައިޓް ލިސްޓު އެކުލަވައިލަނީ
13 މޭ 2026
|
އޮޕަރޭޝަން ކުރަނގީގެ ތިންވަނަ ފިޔަވަހި ފެށުމުގެ ތެރެއިން ވަޒީރު އިހުސާން ވާހަކަފުޅު ދައްކަވަނީ. ފޮޓޯ؛ދާހިލީ ވުޒާރާ.
އެންމެ މަޤްބޫލު
ބަރާބަރަށް ފީ ދައްކާ ބިދޭސީން ގެންނަ ކުންފުނިތަކަށް ވައިޓް ލިސްޓެއް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައާ ގުޅޭގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ މި ދައުރު ނިމޭއިރު ރައްޔިތުން ގަބޫލުކުރާ އަދި ބައިނަލްއަގްވާމީ މިންގަނޑުތަކުން ބަލާއިރު ވެސް އެންމެ ރަނގަޅަށް ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ އެއް ގައުމުގެ ގޮތުގަ ރާއްޖެ ކަނޑައެޅިގެންދާނެ ކަމަށެވެ.
ވަޒީރު ވިދާޅުވީ ބަރާބަރަށް ފީ ދައްކާ އަދި ހިއުމަން ޓްރެފިކިންގެ އެއްވެސް މައްސަލައެއް ސިސްޓަމުން މިހާތަނަށް ފެންނަނަށް ނެތް ކުންފުނިތަކަށް ވައިޓް ލިސްޓެއް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
"މި ވައިޓް ލިސްޓަކީ ސިސްޓަމް ލެވެލްގެ ލިސްޓެއް. ބަރާބަރަށް މީރާއަށް ދައްކަން ޖެހޭ ފީ ދައްކާ ރަޖިސްޓާ ކުރެވި ބަރާބަރަށް ރަނގަޅަށް ވިޔަފާރިކުރާ ކުންފުންޏެއް ކަމަށްވެއްޖެ ނަމަ އަޅުގަނޑުމެންގެ ސިސްޓަމުން އެ ފަރާތުން ހިދުމަތަކަށް ރިކުއެސްޓްކޮށްފި ނަމަ އޮޓޯއިން އެ ހިދުމަތް އެކްސެޕްޓް ކުރެވިގެންދާނެ ގޮތެއް އަޅުގަނޑުމެން އެބަ ހަދަން. މިއީ މޯލްޑިވްސް 2.0ގެ ދަށުން އަޅުގަނޑުމެން ލުކްފޯވާޑް ކުރާ ކަންކަމަކީ،". ވަޒީރު ވިދާޅުވި އެވެ.
ދެމެހެއްޓެނިވި ގޮތެއްގައި ބިދޭސީންގެ މައްސަލައަށް ހައްލު ހޯދުމުގަ މޯލްޑިވްސް 2.0ގެ ދައުރާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އިތުރަށް ވަޒީރު ވިދާޅުވީ މޯލްޑިވްސް ޑޭޓާ އެކްސްޗޭންޖްގެ ސަބަބުން ވަރަށް ގިނަ ކަންކަން ހައްލުވެގެންދާނެ ކަމަށެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި"ގެ ތިންވަނަ ފިޔަވަހީގެ ދަށުން ކުރިއަށްދިޔަ އޮޕަރޭޝަނުގައި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުން އައި 254 ބިދޭސީން ވަނީ ހައްޔަރުކޮށްފަ އެވެ.
މި އޮޕަރޭޝަންގެ ތިންވަނަ ފިޔަވަހީގެ ދަށުން ބަޔޯމެޓްރިކްސް މައުލޫމާތު ނުދީ އުޅޭ ބިދޭސީން ހޯދާނެ އެވެ.
"އޮޕަރޭޝަން ކުރަނގި"ގެ ތިންވަނަ ފިޔަވަހީގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅޭ ހުރިހާ ބިދޭސީން ހޯދައި މިއަހަރުގެ ނޮވެމްބަރުމަހުގެ 17 ވަނަ ދުވަހުގެ ކުރިން ޑީޕޯޓުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރިއަށެވެ.