ENGLISH
13 މޭ 2026
މާފަރު ފުލުހުންގެ އިދާރާގެ ފާރުތަކުގައި ޕުޓީ ޖެހުމުގެ މަސައްކަތް ކުރަނީ
13 މޭ 2026
|
މާފާރު ފުލުހުންގެ އިދާރާގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ނ. މާފަރު ފުލުހުންގެ އިދާރާ ގާއިމްކުރުމުގެ މަސައްކަތުގެ ދަށުން، ފާރުގައި ޕުޓީ ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ބުނީ މީގެ އިތުރުން ފެން ހިންދާ ނިޒާމުގެ މަސައްކަތްތައްވެސް ކުރަމުން އަންނަ ކަމަށެވެ.
މާފާރު ފުލުހުންގެ އިދާރާގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އެމްޓީސީސީ
ފުލުހުންގެ އިދާރާގެ މަސައްކަތް އަވަހަށް ނިންމުމަށްޓަކައި، އެމްޓީސީސީން އަންނަނީ ވަރަށް ބާރު ސްޕީޑްގައި އެތަނުގެ މަސައްކަތް ކުރަމުންނެވެ.
މާފަރު ޕޮލިސް ސްޓޭޝަން އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް މިދިޔަ އަހަރުގެ ޖުލައި މަހު ކުރެއްވި ޒިޔާރަތުގައި މާފަރަށް ވަޑައިގެން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ރާއްޖޭގެ ހުރިހާ ރަށަކަށް ފުލުހުންގެ ޚިދުމަތް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން ރާއްޖޭގެ ގިނަ އަދަދެއްގެ ޕޮލިސް ސްޓޭޝަންތައް އެޅުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.