ENGLISH

12 މޭ 2026

Advertisement

އޭޑީއެޗްޑީ ބަލި މީހުންނަށް ބޭނުންވާ ބޭހަށް ބޭނުންކުރާ މިތައިލްފެނިޑޭޓް ބޭހުގެ ގޮތުގައި ބޭނުންކުރެވޭ ގޮތަށް ހަމަޖައްސަވައިފި

12 މޭ 2026

|

އައިމިނަތު ޝަފާ

ވަޒީރުންގެ މަޖިލިސް

އޭޑީއެޗްޑީ ބަލި މީހުންނަށް ބޭނުންވާ ބޭހަށް ބޭނުންކުރާ މިތައިލްފެނިޑޭޓް ބޭހުގެ ގޮތުގައި ބޭނުންކުރެވޭ ގޮތަށް ހަމަޖައްސަވައިފި އެވެ. 

މިގޮތަށް ކަނޑައެޅުއްވީ މަސްތުވާތަކެއްޗާބެހޭ ޤާނޫނު ގެ ޖަދުވަލު 1 އިޞްލާޙުކުރައްވާ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނެރުއްވި ގަރާރުން ނެވެ. 

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ، ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުން ހުށަހަޅުއްވާފައިވާ ލަފަޔާމެދު، ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހުގަ އވެެ. 

އެގޮތުން މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 4-3 ވަނަ މާއްދާގެ (ނ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ހުށަހެޅުއްވުމުން، އެ ޤާނޫނުގެ ޖަދުވަލު 1 ގައި ހިމެނޭ މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ލިސްޓުގެ 89 ވަނަ ނަންބަރުގައިވާ މިތައިލްފެނިޑޭޓް އެ ލިސްޓުން އުނިކޮށް، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއްގެ ގޮތުގައި އެ ބޭސް ހަމަޖެއްސުމަށް ރުހުން ދިނުމަށް ފެންނަކަމަށް އިއްޔެ ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފާސްކޮށްފައިވެއެވެ.

މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 3-4 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެ މަތީން، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް ޢަމަލުކުރަންފަށާފަ އެވެ.

އެހެންކަމުން މި އިޞްލާޙާއެކު، އޭ.ޑީ.އެޗް.ޑީ ހުންނަ ފަރާތްތަކަށް ފަރުވާ ދިނުމަށް ބޭނުންކުރާ މިތައިލްފެނިޑޭޓް ޤާނޫނީ އޮނިގަނޑުގެ ތެރެއިން މިހާރު ދިވެހިރާއްޖެއިން ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު