ENGLISH

12 މޭ 2026

Advertisement

ވާދަވެރި ޕާޓީއެއް ނެތުމަކީ ލިބޭ އުނިކަމެއް: ސައީދު

12 މޭ 2026

|

އައިމިނަތު ޝަފާ

ވަޒީރު ސައީދު ކޮންގްރެސް ޕާޓީގެ ޖަލްސާއެއްގައި

ރާއްޖޭގެ ސިޔާސީ މައިދާނުގައި މިވަގުތު ކޮންގްރެސް ޕާޓީއާ ވާދަކޮށްލާނެ ޕާޓީއެއް ނެތުމަކީ ލިބޭ ވަރަށް ބޮޑު އުނިކަމެއް ކަމަށް އިގްތިސާދި ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. 

ކޮންގްރެސް ޕާޓީގެ ފަރާތުން މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޕާޓީގެ ލީޑަރަކަށް ވަަޑައިގެންނެވި ހިސާބުން ޕާޓީ ވަރުގަދަކުރުމުގެ މަސައްކަތް ފެއްޓެވިކަމަށާއި، އެ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަކީ ކޮންގްރެސް ޕާޓީ ކަމަށެވެ.

"ހިތާމައަކީ ރަސްމީ ގޮތެއްގައި ހިނގާ ވާދަވެރި ޕާޓީ އެއް ނެތީމަ. ވާދަވެރި ޕާޓީއެއް ނެތުމަކީ ލިބޭ އުނިކަމެއް. ސަރުކާރަށް އެބެފުޅުންގެ އަޑު އަހަންޖެހޭ ވަރުގެ ވާދަވެރި ޕާޓީއެއް ނުފެނޭ. މުޅިންވެސް ފެންނަނީ އެތެރޭގެ ހަމަނުޖެހުމާހެދި އުޅޭ އަޑުތައް. އެއް ބޭފުޅަކު އަނެއްބޭފުޅަކަށް އޮންނަ ސިޔާސީ މައްސަލަތަކުގެ ތެރޭގައި އާއްމު ރައްޔިތުން ތާށިވާ މަންޒަރު މި ފެންނަނީ،". ވަޒީރު ވިދާޅުވި އެވެ. 

ޕާޓީތަކުގެ ކިބައިން ސިޔާސީ ގޮތުން ތަސައްރަފު ފުދިފައިވާކަމުގެ ނިޝާންތައް އަދިވެސް ނުފެންނަކަމަށް ސައީދު ވިދާޅުވި އެވެ. 

ސައީދު ވިދާޅުވީ ވާދަވެރި ޕާޓީއެއް ނެތުމަކީ ޑިމޮކްރަސީގެ ހަޔާތުގައި ލިބިގެންދާ ހިތާމައެއް ކަމަށެވެ. 

ސައީދު ވަނީ ރައްޔިތުންނަށް ފައިދާ ހުރި މަސައްކަތްތަކެއް ކުރުމަށް ކޮންގްރެސް ޕާޓީން ކުރަމުންދާ މަސައްކަތްތަކުގައި ބައިވެރިވުމަށް އިދިކޮޅު ޕާޓީތަކަށް ދައުވަތު ދެއްވާފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު