ENGLISH

12 މޭ 2026

Advertisement

ގަޑިއަކު 45 މޭލަށް ވައިދަގަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަޙައްދަށް ހުދު ސަމާލު ނެރެފި

12 މޭ 2026

|

އާމިނަތު ނުޒްލާ

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސް--ފޮޓޯ: ޖަވިޔަނި

ގަޑިއަކު 45 މޭލަށް ވައިދަގަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަޙައްދު ހުދު ސަމާލު ނެރެފި އެވެ.

މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފައިވަނީ ކ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހަވީރު 15:30 އިން ފެށިގެން ރޭގަނޑު 21:00 އާ ހަމައަށެވެ. މެޓްއިން ބުނެފައިވަނީ މި ހިސާބުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

މިއަދު ހެނދުނު ފެށިގެން ހަވީރަށްވެސް ކ. އަތޮޅުން ފެށިގެން އައްޑޫއަށް ހުދު ސަމާލު ނެރެފައިވެ އެވެ. 

ރާއްޖޭގެ އިރުދެކުނުން އުފެދިފައިވާ ކޮޅިގަނޑުގެ ސަބަބުން އަންނަ ބުދަ ދުވަހާ ހަމައަށް ގަދަވަޔާއެކު ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭވެހި ވިއްސާރަވުމުގެ ފުރުސަތު އޮތް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފަ އެވެ. މި ހަފްތާގައި މޫސުން ގޯސްވާނެތީ އެކަމާ ގުޅިގެން މޫސުމާ ބެހޭ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ހޯދުމަށާއި، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކުރެ އެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ލަފާކުރެ އެވެ.

ކިޔުންތެރިންގެ ހިޔާލު