ENGLISH
12 މޭ 2026
ބްލެކްމެއިލްކުރުމާއި އޮރިޔާން ކާޑު ހެއްދުމުގެ ކުށް ސާބިތުވެ، އަންހެނަކަށް ހަ އަހަރުގެ ޖަލު ހުކުމެއް
12 މޭ 2026
|
ބްލެކްމެއިލްކުރުމާއި އޮރިޔާން ކާޑު ހެއްދުމުގެ ކުށް ސާބިތުވި މީހާ-- ފޮޓޯ: ފުލުހުންގެ އިދާރާ
އެންމެ މަޤްބޫލު
ބްލެކްމެއިލްކުރުމާއި އޮރިޔާން ކާޑު ހެއްދުމުގެ ކުށް ސާބިތުވި މީހަކު ހަ އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކޮށްފި އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ، މި މައްސަލާގައި ހުކުމްކޮށްފައި ވަނީ ގ. ސައުތުބްރީޒް / މާލެ، މަރްޔަމް ރިޔާސާ (43އ) ގެ މައްޗަށް ކަމަށެވެ. އެގޮތުން އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ (ގާނޫނު ނަންބަރު 17/2014) ޖިންސީ ކުށުގެ ގާނޫނުގެ ދަށުންނެވެ.
މި މައްސަލާގައި ހުށަހެޅުނު ހެކިތަކަށާއި ގާނޫނީ ބަހުސްތަކަށް ބެލުމަށްފަހު، ޖިންސީ ކުށުގެ ގާނޫނުގެ 44 ވަނަ މާއްދާއާއި 35 ވަނަ މާއްދާގެ ދަށުން މަރްޔަމް ރިޔާސާގެ މައްޗަށް ކުށް ސާބިތުވެފައިވާކަމަށް ފުލުހުން ބުނެފައިވެ އެވެ. ރިޔާސާގެ މައްޗަށް ހަ އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކޯޓުން ހުކުމްކޮށްފައި ވަނީ މެއި 3، 2026 ވަނަ ދުވަހުކަމަށްވެސް ފުލުހުން ބުންޏެވެ.
ދިވެހިރާއްޖެއަކީ ކުށް މަދު، އަމާން މުޖުތަމައެއް ގާއިމުކުރެވިފައިވާ ތަނަކަށް ހެދުމަށްޓަކައި ފުލުހުންގެ ހިދުމަތުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެހެންކަމުން މިހުކުމަކީ އެ ހިދުމަތުން ކުރަމުން އަންނަ މަސައްކަތަށް ލިބުނު ކާމިޔާބެއް ކަމަށް ފުލުހުން ފާހަގަކޮށްފައިވެ އެވެ.