ENGLISH
12 މޭ 2026
"ގެދޮރުވެރިޔާ" ސްކީމްގެ ޝަރުތު ފުރިހަމަ ނުވާ 450 ފޯމް ބާތިލްކުރެވުނު: ވަޒީރު މުއްތަލިބު
12 މޭ 2026
|
ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ:ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ
އެންމެ މަޤްބޫލު
ކުރީ ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ދޫކުރި 4،000 ފްލެޓް ލިސްޓުގައި ހިމަނާފައިވާ ފަރާތްތަކުގެ ތެރެއިން އެކި ސަބަބުތަކާއި ހުރި ޝަރުތު ހަމަނުވާތީ 450 ވަރަކަށް މީހުންނަށް ދީފައިވާ ފްލެޓްތައް އަތުލާފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.
ވަޒީރު މިފަދައިން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވީ ބައެއް މީހުން ފްލެޓްގެ ބޭނުމުގައި ދޮގު މައުލޫމާތު ދީފައިވާކަމަށާއި، އަދި ބައެއް ފަރާތްތަކުގެ ޝަރުތުފުރިހަމަ ނުވުމުގެ ސަބަބުން 450 އެއްހާ މީހުންގެ އެޕްލިކޭޝަންތައް ބާތިލްކުރެވިފައިވާ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މުއްތަލިބް ވިދާޅުވީ، 450 އެއްހާ މީހުންގެ އެޕްލިކޭޝަން ބާތިލު ކުރިއިރު، 76 އަށްވުރެ ގިނައިން މާކްސް ލިބުނު ފަރާތްތަކަށް ފްލެޓް ނުދީ ވެސް ހުރި ކަމަށެވެ. އެގޮތުން 76 މާކްސް ލިބިފަ ތިބި ފަރާތްތަކުގެ ތެރެއިން 500 އެއްހާ މީހުންނަށް ފްލެޓް ނުދީ ހުރުމުގެ ސަބަބުން، ހުށަހަޅާފައިވާ މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރަން ޖެހުނު ކަމަށްވެސް ވިދާޅުވި އެވެ.
"އެއާ އެއްކޮށް 75 ގައި ތިބި ފަރާތްތަކަށް ގުރުއަތު ނަގާފަ ފްލެޓް ދީފަ ހުރުމާއި، 76 އިން ފެށީގެން މަތީގައި ތިބި ފަރާތްތަކުގެ ތެރެއިން ނުދީ ހުރި ފަރާތްތަކަށް ފްލެޓް ދިނުމަކީ ކޮށްފަ އޮތް ގެޒެޓާއި ގުޅިގެން ދޭން ޖެހޭ ކަމަކަށްވާތީ އަޅުގަނޑުމެންނަށް ތަންކޮޅެއް ސްޓްރިކްޓޮކޮށް ބަލަން ޖެހުނީ އޭގެ ދޮގު މައުލޫމާތު ދީފަ ހުރި ފަރާތްތައް ބަލައި ކެންސަލް ކުރަން." މުއްތަލިބް ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވީ، 75 ޕޮއިންޓް ލިބުނު ފަރާތްތަކުގެ ތެރެއިން ތިން ކޮޓަރި ދީފައި ހުރި ފަރާތްތަކުގެ އެޕްލިކޭޝަން ކެންސަލްކޮށް، ބައެއް ފަރާތްތަކަށް ދެ ކޮޓަރީގެ އެޕާޓްމެންޓްވެސް ދީފައިވާ ކަމަށެވެ. ވުޒާރާގެ ފަރާތުން މަސައްކަތްކުރީ ގެޒެޓްގަ ފްލެޓްތައް ދޭން ކަނޑައަޅާފައި ހުރި 76 މާކްސް އިން މަތީގެ ފަރާތްތަކަށް ފްލެޓް ދިނުމަށް ކަމަށެވެ. އަދި 75 މާކްސް ދީފައިތިބި މީހުންނަށް އޮޕްޝަންތަކަށް ދީފައިވާކަންވެސް ފާހަގަކުރެއްވި އެވެ.
އެ އުސޫލުން ކުރިއަށް ގެންދިޔައިރު، ސޮއިކޮށްފައި ތިބި ފަރާތްތަކުގެ ތެރެއިން 450 ވަރަކަށް އެޕްލިކޭޝަން ކެންސަލްކޮށްފައިވާ ކަމަށް ވެސް މުއްތަލިބް ވިދާޅުވި އެވެ.
ކުރީގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހިނގް ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޭން ނިންމި 4،000 ފްލެޓް ލިބޭ މީހުން އެ ސަރުކާރުން ވަނީ ކަނޑަވެސް އަޅާފަ އެވެ. ނަމަވެސް ލިސްޓާއި ގުޅިގެން ޝަކުވާތަކެއް އުޅޭތީ މި ސަރުކާރުން ވަނީ ހާއްސަ ކޮމިޓީއެއް އެކުލަވާލައި، ލިސްޓު އަލުން މުރާޖައާ ކޮށްފަ އެވެ. ނަމަވެސް ފަހުން އަނެއްކާ ވެސް ކުރީ ސަރުކާރުގެ ލިސްޓަށް ފްލެޓް ދޭން ނިންމާ އެ ފަރާތްތަކަށް ފްލެޓް ހަވާލުކޮށްފައިވާކަން ފާހަގަކޮށްލެވެ އެވެ.