ENGLISH
12 މޭ 2026
ނަރުހުންގެ ކުރިއެރުމަށް އިންވެސްޓްކުރުން މުހިންމު: ފަސްޓް ލޭޑީ
12 މޭ 2026
|
ނަރުހުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ފަސްޓް ލޭޑީ ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ:ރައީސް އޮފީސް
އެންމެ މަޤްބޫލު
ނަރުހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ނަރުހުންގެ ކުރިއެރުމަށް އިންވެސްޓްކުރުން މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
އެކަމަނާ މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ.
ދުވަހުގެ ތަހުނިޔާ ދަންނަވައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވީ، ސިއްހީ ނިޒާމުގެ މައިބަދައަކީ ނަރުހުންކަން ގަބޫލުކޮށް، ނަރުހުންގެ ސާބިތުކަމާއި ހުނަރުވެރިކަން ފާހަގަކޮށް އެކަން ބަލައިގަންނަން ޖެހޭކަމަށެވެ. ނަރުހުންގެ ވަރުބަލިކަމެއްނެތް ހިދުމަތާއި އިހުލާސްތެރި މަސައްކަތުގެ ސަބަބުން، ކޮންމެ ދުވަހަކުވެސް ބަލިމީހުންނަށް އުފާވެރިކަމާއި، އާއިލާތަކަށް އުންމީދު، އަދި މުޖުތަމައަށް ދުޅަހެޔޮކަން ލިބިގެންދާކަން އެކަމަނާ ފާހަގަކުރެއްވި އެވެ.
ނަރުހުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް މޭ މަހުގެ 12 ވަނަ ދުވަހެވެ.
މި އަހަރުގެ ނަރުހުންގެ ދުވަހުގެ ޝިއާރަކީ، "އަޅުގަނޑުމެންގެ ނަރުހުން، އަޅުގަނޑުމެންގެ ކުރިމަގު- ބާރުވެރި ނަރުހުން ފުރާނަ ސަލާމަތްކޮށްދޭ" މިއެވެ. މިޝިއާރުން ވެސް ރަމްޒުކޮށްދެނީ ޞިއްޙީ ނިޒާމު ވަރުގަދަކޮށް ކުރިއެރުވުމަށް ނަރުހުން އަދާކުރާ މުހިންމު ދައުރެވެ.