ENGLISH

12 މޭ 2026

Advertisement

އިހަވަންދޫ ކައުންސިލުގެ ގޮނޑިތައް ކާމިޔާބުކުރެއްވި މިނިވަން ދެ ކެންޑިޑޭޓުން ޕީއެންސީއަށް

12 މޭ 2026

|

އައިމިނަތު ޝަފާ

ޕީއެންސީގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ހއ. އިހަވަންދޫ ކައުންސިލުގެ އިންތިހާބީ ދެ މެމްބަރަކު ކޮންގްރެސް ޕާޓީއަށް ސޮއިކުރައްވައިފި އެވެ.

މި ދެ ބޭފުޅުން ކޮންގްރެސް ޕާޓީއަށް ސޮއިކޮށްފައިވަނީ މިއަދު ބޭއްވި އެ ޕާޓީގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ނެވެ. 

އެގޮތުން އިހަވަންދޫ ކައުންސިލުގެ އިންތިހާބީ މެމްބަރު މުހައްމަދު ފިރާޤާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބީ މެމްބަރު ހަލީމަތު ހުރާސަތު ވަނީ ޕީއެންސީއަށް ސޮއިކުރައްވާފަ އެވެ.

މި ދެ ބޭފުޅުންވެސް އިންތިހާބު ކާމިޔާބުކުރެއްވީ މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ތިއްބަވަ އެވެ. 

މި ދެ ބޭފުޅުންގެ ފޯމާ ކޮންގްރެސް ޕާޓީގެ ފަރާތުން ހަވާލުވެލެއްވީ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު އެވެ. 

ފަލާހު ވަނީ ރަށާއި ރައްޔިތުންގެ ހައްގުގައި މި ދެބޭފުޅުން ނިންމެވި ނިންމެވުމަށް ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނަންފުޅުގައްޔާއި ޕާޓީގެ ނަމުގައި ޝަހީމާއަށް މަރުހަބާ ދަންނަވާފަ އެވެ. 

ނިމިދިޔަ އިންތިހާބުގައި ފިރާޤު 743 ވޯޓު އަދި ހަލީމަތު ހުރާސަތު 770 ވޯޓު ހޯއްދެވި އެވެ.

މި ބައްދަލުވުމުގައި ޕީޖީ ލީޑަރު ފަލާހު ވިދާޅުވީ އިންތިހާބަށް ފަހު މިނިވަން ކެންޑިޑޭޓުން ޕީއެންސީއާ ގުޅެމުން އަންނަކަމަށާއި މިކަމުން ދޭހަވަނީ ރައީސް މުއިއްޒުގެ ސިޔާސަތު ރައްޔިތުން ގަބޫލުކުރާ މިންވަރު ކަމަށެވެ. 

ކައުންސިލް އިންތިހާބު ކާމިޔާބު ކުރެއްވި އިތުރު ބޭފުޅުންނަށް ވެސް ފަލާހު ވަނީ ޕީއެންސީގެ ފިކުރާ ގުޅިގެން ކުރިއަށްދިއުމުގެ ދައުވަތު ދެއްވާފަ އެވެ. 


ކިޔުންތެރިންގެ ހިޔާލު