ENGLISH

12 މޭ 2026

Advertisement

ހާރިޖީ ވަޒީރުގެ ފުރަތަމަ ރަސްމީ ދަތުރުފުޅު އިންޑިއާއަށް

12 މޭ 2026

|

އައިމިނަތު ޝަފާ

ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް

އިންޑިއާގެ މިނިސްޓާ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ އެސް. ޖައިޝަންކަރްގެ ދަޢުވަތުފުޅަކަށް، ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް ރަސްމީ ދަތުރުފުޅެއްގައި މިއަދު އިންޑިއާ އަށް ފުރާވަޑައިގެންފި އެވެ.

އެކަމަނާ އިންޑިއާއަށް ކުރައްވާ މިދަތުރުފުޅަކީ، ހާރިޖީ ވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

މި ދަތުރުފުޅުގެ މައުލޫމާތު ހިއްސާކޮށް ދިވެހި ހާރިޖިއްޔާއިން ބުނީ ވަޒީރު އިންޑިއާގެ ނިއުދިއްލީއަށް ކުރައްވާ މި ދަތުރުފުޅުގައި އިންޑިއާގެ މިނިސްޓާ އޮފް އެކްސްޓާނަލް އެފެއާޒް، ޑރ. އެސް ޖައިޝަންކަރާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި، މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ގާތް ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނާއި، ދިވެހިރާއްޖެ އާއި އިންޑިއާ ދެމެދު ގިނަ ރޮނގުތަކަކުން ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާ ކުރެވިގެންދާނެކަމަށް ހާރިޖިއްޔާއިން ބުނެ އެވެ. 

މި ދަތުރުފުޅުގައި ހާރިޖީ ވަޒީރު އިރުތިޝާމް އާދަމްގެ އަރިހުގައި ދިވެހި ހާރިޖިއްޔާގެ އެޑިޝަނަލް ސެކްރެޓަރީ ޑރ. އިބްރާހިމް ޒުހުރީ އާއި އެސިސްޓަންޓް ޑިރެކްޓަރު އާމިނަތު ގުރޭޝާ ބައިވެރިވެރިވެވަޑައިގަންނަވަ އެވެ. 

ކިޔުންތެރިންގެ ހިޔާލު