ENGLISH

26 ނޮވެމްބަރު 2024

އެމްއެންޑީއެފްގެ ޚާއްސަ މިލިޓަރީ ޑިސްޕްލޭ މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި

03 ނޮވެމްބަރު 2024

|

އާމިނަތު މައިހާ

ނަޞްރުގެ ދުވަހުގެ ހަނދާނީ ބިނާގައި މިއަދު ދިދަ ޖެހުމާއި ގާޑް މައުންޓް ކުރުމުގެ ތެރެއިން. / ފޮޓޯ: ރައީސް އޮފީސް

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އާންމުންނަށް ހުޅުވާލައިގެން ބާއްވާ ޚާއްސް މިލިޓަރީ ޑިސްޕްލޭ މިއަދު ހަވީރު އޮންނާނެކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

މި މިލިޓަރީ ޑިސްޕްލޭ އޮންނާނީ މިއަދު ހަވީރު 4:15 ގައި ޖުމްހޫރީ މައިދާނުގައެވެ. 

މި މިލިޓަރީ ޑިސްޕްލޭގައި އެމްއެންޑީއެފުން ގެންގުޅޭ އެކި އުޅަނދުތަކާއި ހަތިޔާރު ދައްކާލާނެއެވެ.

މި ދުވަހާ ގުޅިގެން އޭރިއާ ކޮމާންޑްތަކުގައި ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ރާވައިފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.

ނަސްރުގެ ދުވަހުގެ ޚާއްސަ ޖަލްސާ އޮންނާނީ މިރޭ 8:15 ގައި ދަރުބާރުގޭގަ އެވެ. މި ޖަލްސާގައި ނިޝާން ޢަސްކަރީގެ ވެރިކަމުގެ ޢިއްޒަތް މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަށް އެރުވުމަށް ހަމަޖެހިފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު