ENGLISH

11 މާރިޗު 2026

Advertisement

އިރާގުގެ ކުރުދިސްތާނުގައި ހުންނަ ޔޫއޭއީގެ ކޮންސިއުލޭޓަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

11 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

ފޮރިން މިނިސްޓްރީ، ފޮޓޯ: ފަރުދުން

އިރާގުގެ ކުރުދިސްތާނުގެ ސަރަހައްދުގައި ހުންނަ، ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ކޮންސިއުލޭޓް ޖެނެރަލްއަށް ދިން ޑްރޯނު ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފިއެވެ. 

ދިވެހި ހާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި، ޑިޕްލޮމެޓިކް ހިމާޔަަތް ލިބިގެންވާ ތަންތަނަށް ދޭ މިފަަދަ ހަމަލާތަކަކީ ޑިޕްލޮެމްޓިކް ގުޅުންތަކާ ބެހޭ ވިއެނާ މުއާހަދާއާ މުޅިން ހިލާފު އަމަލުތަކެއް ކަމަށެވެ. 

އިތުރަށް ދިވެހި ސަރުކާރުން ފާހަގަކުރީ މިފަދަ ހަމަލާތަކުގެ ސަބަބުން ޑިޕްލޮމެޓިކް ގުޅުންތަކުގައި އިސްތިގުރާރުވެފައި ހުރި އުސޫލުތަކާއި އާދަތަކަށް ހީނަރުކަން އައިސް ނޭދެވޭ އަސަރުކުރާ ކަމަށެވެ. 

އަދި ޑިޕްލޮމެޓިކް އިމާރާތްތައް ހިމާޔަތްކުރުމުގެ މުހިއްމުކަން ފާހަގަކުރުމާއެކު، ދިވެހި ސަރުކާރު ދެމިއޮންނާނީ އެކުވެރި އަރަބި އިބާރާތުގެ ސަރުކާރާއި ރައްޔިތުންނާއެކު ކަމަށް ދިވެހި ސަރުކާރުން ބުނެފައިވެއެވެ. 

ޔޫއޭއީން ބުނި ގޮތުގައި އިރާގުގެ ކުރުދިސްތާނުގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓަށް އަމާޒުކުރީ ޑްރޯން ހަމަލާއެކެވެ. އެ ގައުމުން ނެރުނު ބަޔާނުގައި އެ ހަމަލާ ދިނުމުގެ ތުހުމަތު ވަކި ފަރާތަކަށް އަމާޒުނުކުރެއެވެ. އެ ގައުމުން ބުނެފައިވަނީ މި ހަމަލާއަކީ އެއްވެސް ގައުމަކާ ދެކޮޅަށް ޔޫއޭއީން ކަމެއް ނުކުރަނީސް ދިން ހަމަލާއެއް ކަމަށެވެ. 

އީރާނާ ދެކޮޅަށް އިސްރާއީލާއި އެމެރިކާއިން ކުރަމުންދާ ހަނގުރާމާގައި ކުރުދީ ހަނގުރާމަވެރި ޖަމާއަތްތައް އީރާނާ ދެކޮޅަށް ބޭނުންކުރުމަށް އެމެރިކާއާއި އިސްރާއީލުން އަންނަނީ މަސައްކަތްކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު