ENGLISH
11 މާރިޗު 2026
ހައިކޮމިޝަނުން އިންތިޒާމްކޮށްގެން މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނަށް ރޯދަ ވީއްލުމެއް ބާއްވައިފި
11 މާރިޗު 2026
|
ހައިކޮމިޝަނުން އިންތިޒާމްކޮށްގެން މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނަށް ރޯދަ ވީއްލުމެއް ބޭއްވުން --
އެންމެ މަޤްބޫލު
މެލޭޝިޔާގައި ހުންނަ ދިވެހި ހައިކޮމިޝަނުން އިންތިޒާމްކޮށްގެން އެ ޤައުމުގައި ދިރިއުޅޭ ދިވެހިންނަށް ރޯދަ ވީއްލުމެއް ބާއްވައިފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ރޯދަ ވީއްލުން އޮތީ ކުއާލަލަންޕޫރުގެ ޖޭޑަމްލިޔު މެރިއެޓް ހޮޓަލުގަ އެވެ. މި ރޯދަ ވީއްލުން ސޮޕޮންސަރ ކޮށްފައިވަނީ "ހޯކްސް ޕްރައިވެޓް ލިމިޓެޑް" އިންނެވެ.
ދިވެހީންގެ އާދަކާދަ އާއެއްގޮތަށް އެކަކު އަނެކަކާ ދިމާވެ އެއްބައިވަންތަކަން އާލާކުރުމުގެ މަޤްސަދުގައި ކޮންމެ އަހަރަކުވެސް ބާއްވާ މި ރޯދަ ވިއްލުމުގައި މި އަހަރުވެސް މެލޭޝިއާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި ކިޔަވާކުދީން ހިމެނެ އެވެ.
މި ރޯދަ ވީއްލުމުގައި އަލަށް ހޮވުނު މޯލްޑިވިއަން ސްޓޫޑަންޓްސް އެސޯސިއޭޝަން، މެލޭޝިޔާ (އެމްއެސްއޭއެމް) ގެ އެކްސްކޯގައި ހިމެނޭ ދަރިވަރުންގެ ކުރު ތަޢާރަފް ދީފައިވެ އެވެ. އަދި އެމްއެސްއޭއެމްގެ ފަރާތުން ކުރިއަށް ރާވާފައިވާ ޕްރޮގްރާމްތަކުގެ މަޢުލޫމާތު ކޮމިއުނިޓީއާ ހިއްސާ ކޮށްފައިވެ އެވެ.
ހައިކޮމިޝަނުގެ މުވައްޒަފުންގެ ފަރާތުން މި ހަފްލާގައި "ތިޔަބޭފުޅުންގެ ފުރުސަތު" ނަމުގައި ވަނީ ނަސީބު ގުރުއަތެއް ކުރިއަށް ގެންގޮސްފަ އެވެ. މި ގުރުއަތުގައި 11 އިނާމެއް ބައިވެރިންނަށް ދީފައިވެ އެވެ.