ENGLISH

11 މާރިޗު 2026

Advertisement

ރައީސް ގެންނަވާ ބަދަލުތަކަކީ ރައްޔިތުންގެ ހިޔާލު ހޯއްދަވައިގެން ގެންނަވާ ބަދަލުތައް: ޝަރީފު

11 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން އެކި ކަންކަަމަށް ގެންނަަވަމުންދާ އިސްލާހީ ބަދަލުތަކަކީ ރައްޔިތުންގެ އަރިހަށް ވަޑައިގެން އެ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވައިގެން ގެންނަވާ ބަދަލުތަކެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފު ވިދާޅުވެއްޖެއެވެ. 

ކޮންގްެރެސް ޕާޓީގެ ފަރާތުން ހުޅުމާލޭ ދެކުނު ދާއިރާގެ ކައުންސިލަރުކަމަށް އަދި ޑަބްލިއުޑީސީ މެންބަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް އެ ދާއިރާގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ބައިވެރިވެވަޑައިގަތުމާއެކު ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރިވެވަޑައިގެން އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމުގައި ޝަރީފު ވިދާޅުވީ މިއަދު އިދިކޮޅު އެމްޑީޕީ ބަލިކަށިވެ، ހީނަރުވެ އެ ޕާޓީއަށް އޮތް ތާއީދު ގެއްލި ކުރިއަށް އޮތް ކައުންސިލު އިންތިހާބު ކާމިޔާބުކުރުމަށް މަސައްކަތްކުރުންވެސް އެ ޕާޓީން ހުއްޓާލައިފި ކަމަށެވެ. 

ޝަރީފު ވިދާޅުވީ އެ ޕާޓީ ބަލިކަށިވުމުގެ މައިގަނޑު ސަބަބަކީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ކުރައްވަމުންގެންދަވާ މަސައްކަތްޕުޅެވެ. ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުން ފަދަ އިސްލާހުތަކަކީ ރައްޔިތުންގެ ހިޔާލު ހޯއްދަވައިގެން އެ ރައްޔިތުން ބޭނުންވާ ކަންކަމަށް ރިއާޔަތްކުރައްވައިގެން ރައީސް ގެންނަވަމުންދާ އިސްލާހުތަކެއް ކަމުގައި ޝަރީފު ވިދާޅުވިއެވެ. 

ޕީއެންސީއަށް ވެރިކަން ލިބުނުއިރު ދައުލަތް އޮތީ ތޮށިގަނޑެއްގެ ގޮތުގައިކަމަށް ސިފަކުރައްވަމުން މެންބަރު ވިދާޅުވީ ފާއިތުވި ދެ އަހަރެއްހައި ދުވަހުގެ ތެރޭގައި ހުރިހާ ދާއިރާއެއްގައި ފެންނަން ހުރި މައްސަލަތައް ހައްލުކުރެއްވުމަށް ރައީސް ގެންދަވަނީ ރައްޔިތުންގެ ވިސްނުންފުޅަށް ރިއާޔަތްކުރައްވަައިގެން މަސައްކަތްކުރައްވަމުން ކަމަށެވެ. 

"ޥޯޓަކާ ހަމައަށް ރައީސް ވަޑައިގެންނެވީ މިވީ ދެ އަހަރު ތެރޭ ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކުރައްވައި ކައުންސިލުތަކާއި ޑަބްލިއުޑީސީއާއި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ގައުމު ބަދަލުކުރުމަށް އިސްލާހުކުރުމަށް އެބޭފުޅުން ބޭނުންފުޅުވާ ގޮތް ވަރަަށް ބޮޑަށް ސާފުކުރައްވައި ހުންނަވައިގެން،" ޝަރީފު ވިދާޅުވިއެވެ. 

އިތުރަށް ޝަރީފު ވިދާޅުވީ ކުރީގެ ވެރިން ރައްޔިތުންގެ އަރިހަށް ވަޑައިގަތީ ވެރިކަން ހޯއްދެވުމަށް ކަމަށާއި، ވެރިކަމުގެ ތެރޭގައި ރައްޔިތުންނާ ބައްދަލުކުރައްވައި އާއްމުންގެ ކަންކަން އޮޅުންފިލުއްވުމުގައި ވަގުތު ހޭދަކުރެއްވި ހަމައެކަނި ވެރިޔަކީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ކަމަށެވެ. 

"އަޅުގަނޑު ދަންނަވަން ރާއްޖޭގައި ވެރިއެއެް މިވަގުތު ނުހުންނާނެ، މިރާއްޖޭގެ ރައްޔިތުންގެ ހާލަތު އެއަށްވުރެ މޮޅަށް އެނގިވަޑައިގަންނަވާ ވެރިއެެއްް. މިއަދު މިގެނެވޭ އިސްލާހުތަކާއި ނިންމޭ ނިންމުންތަކަކީ ރައްޔިތުންގެ ބޭނުންވާ ގޮތްކަމަށް ދަންނަވަން ކެރިދާނެ ވަރަށް ސާފުކޮށް،" ޝަރީފު ވިދާޅުވިއެވެ. 

އިތުރަށް މެންބަރު ފާހަގަކުރެއްވީ ރައީސާއެކު ރައްޔިތުންގެ އަރިހަށް ކުރައްވާ ޒިޔާރަަތްތަކުން ފެންނަނީ ރައީސަށް ރައްޔިތުންގެ މެދުގައި އޮތް ތާއީދާއި އެމަނިކުފާނަށް އޮތް ލޯބި ކަމަށެވެ. އަދި ރައީސަކީ އިންތިހާބާ ވެގެން ރައްޔިތުންގެ އަރިހަށް ވަޑައިގަންނަވާ ބޭފުޅެއް ނޫންކަން ރައްޔިތުން ގަބޫލުކުރާކަމަށްވެސް ޝަރީފު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު