ENGLISH
11 މޭ 2026
އޮޕަރޭޝަން ކުރަނގިއަކީ ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތް ކުރާ އޮޕަރޭޝަނެއް: ރައީސް
11 މޭ 2026
|
"އޮޕަރޭޝަން ކުރަނގި"ގެ ތިންވަނަ ފިޔަވަހީގެ ތެރެއިން. ފޮޓޯ؛ ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާ
އެންމެ މަޤްބޫލު
އޮޕަރޭޝަން ކުރަނގިއަކީ ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތް ކުރާ އޮޕަރޭޝަނެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގަ އެވެ.
ރައީސް ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ ބިދޭސީންގެ މައްސަލަ ހައްލުކުރަން ވޭތުވެދިޔަ ސަރުކާރުތަކުން ނުކުރާހާ މަސައްކަތް މި ސަރުކާރުން ކޮށްފައިވާކަމަށެވެ. އެގޮތުން މި ސަރުކާރު އައުމާ ހަމައަށް ޑޭޓާ ހުރި ބިދޭސީންގެ އަދަދު 13 އިންސައްތައިގައި ހުރި އިރު އެ އަދަދު ދެއަހަރާއި ބައިގެ ތެރޭގައި 98 އިންސައްތަ އިތުރުކުރެވިފައިވާކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އޮޕަރޭޝަން ކުރަނގިއަކީ އެއްވެސް ހާލަތެއްގައި ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް އަދަބު ދިނުމުގެ ގޮތުން ކުރިއަށްގެންދާ އޮޕަރޭޝަނެއް ނޫން ކަމަށެވެ. އަދި ބިދޭސީންގެ ހައްގުތައް ހިމާޔަތް ކުރުމަށް އެ ބިދޭސީންގެ މައުލޫމާތު ސަރުކާރުގައި ހުރުމަކީ މުހިންމު ކަމެއް ކަން ރައީސް ފާހަގަކުރެއްވި އެވެ.
"ހައްގުތައް ހިމާޔަތްކުރެވޭނީ ކާކުކަން، ކޮންތާކު އުޅޭ މީހެއްކަން އެނގިގެން. މިރާއްޖޭގައި ކުރީގައި އޮތީ ހަމަ މުޅިން އިސްނާނީ ކަރާމާތް ގެއްލޭގޮތަށް މިކަން ކޮށްފައިއޮތީ. ބަޔަކުމީހުން އެ މީހުންގެ އަމިއްލަ ފައިދާއަށޭ ދެންނެވޭނީ،". ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ބިދޭސީންގެ ކަންކަން މީގެ ކުރީގައި ކޮށްފަ އޮތީ އިންސާނީ ހައްގުތައް ގެއްލޭ ގޮތަށް ކަމަށާއި ސަރުކާރުން މަސައްކަތް ކުރާނީ ވަށައިޖެހޭ ގޮތަށް ކަމަށެވެ.
އެގޮތުން މި އޮޕަރޭޝަނުގެ ތެރެއިން ގަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދެމުންދާކަން ރައީސް ފާހަގަކުރެއްވި އެވެ.
އޮޕަރޭޝަން ކުރަނގީގެ މައިގަނޑު މަޤްޞަދަކީ:
1. ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކަލީ ދެނެގަނެވޭނެ ފޮޓޯ އަދި 10 އިނގިލީގެ ނިޝާން ނެގުމާއި
2. ހުއްދަ އޮތް ވިސާއެއްގައި ހުރެ ހުއްދަ ގަވާއިދާ ޚިލާފް މަސައްކަތްކުރާ ބިދޭސީން ހޯދައި ރާއްޖެއިން ޑިޕޯޓް ކުުރުން؛ އަދި
3. ސައްޚަ ވޯކްޕާމިޓް އަދި ވިސާ ނެތް މީހުން ހޯދައި ރާއްޖެއިން ބޭރުކުރުމެވެ.
"އޮޕަރޭޝަން ކުރަނގި"ގެ ތިންވަނަ ފިޔަވަހީގެ ދަށުން ހޮނިހިރު ދުވަހު ޓާސްކް ފޯހުން ކުރިއަށް ގެންދިޔަ ޙާއްސަ އޮޕަރޭޝަނުގައި 254 ބިދޭސީން ހައްޔަރުކޮށްފައިވެއެވެ.