ENGLISH

11 މޭ 2026

Advertisement

ކޯޓު އަމުރު ބޮލާލައި ޖަހައި ރައީސް އޮފީހުގެ ހުރުމަތްވެސް ކަނޑާލައިފި

11 މޭ 2026

|

އައިމިނަތު ޝަފާ

ރައީސް އޮފީހުގައި މިއަދު ކުރިއަށްދިޔަ ބައްދަލުވުމުގެ ތެރެއިން. ފޮޓޯ؛ ރައީސް އޮފީސް

އިއްޔެ ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި އެ މައްސަލާގައި ހިމެނޭ ވީޑިޔޯ ފެތުރުމާއި އޭގައި ހުރި ވާހަކަތައް އާއްމުކޮށް ދައްކައިހެދުން މަނާކޮށްފައިވަނިކޮށް ކޯޓު އަމުރު ބޮލާލައި ޖަހައި ރައީސް އޮފީހުގެ ހުރުމަތް ކަނޑާލުމާ ގުޅިގެން އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރެފި އެވެ. 

އަދަދު ނޫހުން، ހުތުރު އަދި ޙަޤީޤަތެއް ނެތް ވާހަކަތަކެއް ހިމަނާ ނެރެފައިވާ ވީޑިއޯ ޑޮކިއުމަންޓްރީއާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެެެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަޙެޅި މައްސަލަ ބަލައިގަނެ އެ ކޯޓުން އަމުރެއް ނެރުނީ އިއްޔެ އެވެ. ކްރިމިނަލް ކޯޓުން ނެރުނު "ޝަރީޢަތުގައި ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް ޢަމަލު ނުކުރުމަށް އަންގައި ކުރާ އަމުރު" ގައި ވަނީ އެ މައްސަލައިގައި ވަކި ގޮތެއް ކަނޑައަޅަންދެން އަދަދުގެ ވީޑިއޯ ޑޮކިއުމަންޓްރީ މުޖްތަމަޢުގެ ތެރޭގައި ދައުރު ނުކުރުމަށް އަމުރުކޮށްފަ އެވެ. މި އަމުރަށް ބޯނުލަނބާ ނަމަ އެއީ ކޯޓުގެ ޙުރުމަތް ކެނޑުން ކަމުގައި ބެލިދާނެ އަމަލެއް ކަމަށް އަމުރުގައި ވަނީ ބުނެފަ އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހުޒާން ސުވާލުކުރީ ވެސް އޭނާ ހިމެނޭހެން އަދަދު ނޫހުން ނެރުނު ޑޮކިއުމެންޓްރީއާ ގުޅުވައިގެން ނެވެ. ޝަހުޒާން ކުރި ސުވާލާ ގުޅިގެން ރައީސްވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި "ރޫލް އޮފް ލޯ" ހިފެހެއްޓޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެމަނިކުފާނުގެ ބޮލުގައި އަޅުވަނީ އެއްވެސް ހަގީގަތެއް ނެތް ދޮގު އިލްޒާމްތަކެއް ކަމަށްވެސް ތަކުރާރުކޮށް ވިދާޅުވެފައި ވެއެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ އަދަދު ނޫހަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ނެވެ. އެގޮތުން ފުރަތަމަ ރައީސެއްގެ ބޮލުގައި ދޮގު ތުހުމަތު އެޅުވުމަށް ފަހު އެކަމާ ގުޅިގެން ރާއްޖޭގެ ކޯޓަކުން ނެރުނު އަމުރާ ހިލާފުވެ ރައީސް އޮފީހުގެ ހުރުމަތް ކަނޑާލާފައިވާކަމަށް ބުނެ ރައްޔިތުން އަންނަނީ ނުރުހުން ފާޅުކުރަމުން ނެވެ. އަދި ރައީސް ވިދާޅުވި ފަދައިން ރައީސް އޮފީހުގެ ހަތަރު ފާރުގެ ތެރޭގައި ގާނޫނު ހިންގަންވާނެކަމަށް ވެސް އަންނަނީ ބުނަމުން ނެވެ. 

މިވެރިކަން ފެށުނު ފަހުން އަދަދު ނޫހުން އަންނަނީ ތަކުރާރުކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އާއިލާއަށް ނިސްބަތްކޮށް ދޮގު ވާހަކަތައް ފަތުރަމުން ނެވެ. 

ކިޔުންތެރިންގެ ހިޔާލު