ENGLISH

11 މޭ 2026

Advertisement

މި ސަރުކާރުން ބޯހިޔާވަހިކަން ދޭނީ ކުރީ ސަރުކާރުން ދިން ގޮތަކަށް ނޫން: ރައީސް

11 މޭ 2026

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމުގައި މި ސަރުކާރުން އަމަލުކުރާނީ ކުރީގެ ސަރުކާރުން އަމަލުކުރި ގޮތަށް ނޫންކަމަށާއި، ގޯތި ދޭނީ ބިން ހިއްކުމަށްފަހު ކަމަށާއި، ފުލެޓު ދޭނީ އިމާރާތްކޮށް ނިންމުމަށްފަހުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސް މިފަދައިން ވިދާޅުވީ ހަފުތާއަކު އެއް ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދަވާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން މިއަދު ބޭއްވެވި ބައްދަލުވުމުގައި ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންނަށްް ފުލެޓު ދިނުމަށް ނިންމާފައިވާ ނިންމުމާ ގުޅޭ ގޮތުން ނޫސްވެރިޔަކު ދެންނެވި ސުވާލަށް ޖަވާބުދެއްވަމުންނެވެ. 

އެމަނިކުފާނު ވިދާޅުވީ ކުރީ ސަރުކާރުން ރައްޔިތުންނަަށް ގޯތި ދޫކުރީ "ފަޅާއި ފަރާއި ޖައްވާއި ފަޒާާއިން" ކަމަށެވެ. ނަމަވެސް މި ސަރުކާރުން އަމަލުކުރާނީ އެގޮތަށް ނޫންކަން ޔަގީންކޮށްދެއްވަައި، އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން ފުލެޓު ދޭނީ އިމާރާތްކުރުމަށްފަހު ކަމަށާއި، ގޯތި ދޭނީ ބިން ހިއްކުމަށްފަހު ކަމަށެވެ. 

އިތުރަށް އެމަނިކުފާނު ވިދާޅުވީ ބޯހިޔާވަހިކަމަކީ ރައްޔިތުންގެ އެންމެ އަސާސީ ހައްގެއްކަމަށް ގަބޫލުކުރައްވާ ކަމަށާއި، އެ ވިސްނުންފުޅުގެ ތެރެއިން މި ސަރުކާރުން ކުރަމުންދާ މަސައްކަތަކީ ރައްޔިތުންނަށް އެ ހައްގު ލިބޭކަން ކަށަވަރުކުރުން ކަމަށެވެ. 

"މިދިޔަ ސަރުކާރުން ކުރި ކަމަކީ އިންތިހާބާ ކައިރިކޮށްފައި އެކިކަހަލަ ވައުދުތައް ވެފައި ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވީ. ދެން އަނދުނެއް މާ ބޮޑަކަށް ނުހުރިތާ. އަޅުގަނޑުމެން މިހާރު މިދަނީ އިމާރާތްކުރަންޖެހޭ ތަންތަން އިމާރާތްކޮށް ހިއްކަންޖެހޭ ތަންތަން ހިއްކަމުން،" ރައީސް ވިދާޅުވިއެވެ. 

އަދި ކުރީ ސަރުކާރުން ބޯހިޔާވަހިކަން ދޭނެކަމަށް ލިޔުމެއް ދޫކޮށްފައި އޮތްނަމަ އެ ލިޔުމަށް މި ސަރުކާރުން އިހުތިރާމުކޮށް އެ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެ ރައީސް ފާހަގަކުރެއްވީ ކުރީ ސަރުކާރުން އެޅި 4،000 ހައުސިން ޔުނިޓު ފޯރުކޮށްދިނުމުގައާއި ކަސްޓަމްސް އޮފިސަރުންނަށް ބޯހިޔާވަހިކަން ހަމަޖެއްސެވުމުގައި އަމަލުކުރެއްވީ އެ އުސޫލުން ކަމެވެ. 

ކިޔުންތެރިންގެ ހިޔާލު