ENGLISH

11 މޭ 2026

Advertisement

ކަނޑުތަކުގެ ދުޅެހެޔޮކަމާ މުސްތަގުބަލުގެ ޖީލުތަކުގެ އުފާވެރިކަމާ ލާމެހިފައިވާކަން ދިވެހިން ދަނޭ: ޝިޔާމު

11 މޭ 2026

|

ޝިފްޒާން އަޙްމަދު

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމައި އިގުތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުހައްމަދު ސައީދު، ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

ކަނޑުތަކުގެ ދުޅަހެޔޮކަމާ މުސްތަގުބަލުގެ ޖީލުތަކުގެ އުފާވެރިކަމާ ލޭމެހިފައިވާކަން ޒަމާނުއްސުރެ ދިވެހިންނަށް އެނގޭކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ. 

ޝިޔާމު މިފަދައިން ވިދާޅުވީ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ)ގެ 30 ވަނަ ސެޝަނު ފެށުމަށް މިއަދު ބާސެލޯ ނަސަންދުރައިގަ ކުރިއަށްގެންދިޔަ ހަފުލާގައި ވާހަކަދައްކަވަމުންނެވެ. މި ބައްދަލުވުމުގައި  އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގައުމުތަކުގެ ވަޒީރުންނާއި،ވަފުދުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ. 

ވަޒީރުގެ ވާހަކަފުޅުގައި ދިވެހި މަސްވެރިންނަށް ދެމެހެއްޓެނެވި މަސްވެރިކަމާއި އަމަލާ ވަކިން އޮތް މަފުހޫމެއް ނޫންކަން ފާހަގަކުރައްވަމުން ވިދާޅުވީ ސިޔާސަތު އެކަށައެޅުމުގެ ބައިނަލްއަގުވާމީ ބަހުސްތަކުގައި އެ މުސްތަލަހު ބޭނުންކުރެވެން ފެށުމުގެ މާކުރިން ދިވެހިންނަށް ކަނޑުތަކުގެ ދުޅަހެޔޮކަމާއި މުސްތަގުބަލުގެ ޖީލުތަކުގެ އުފާވެރިކަން ގުޅި ލާމެހިފައިވާކަން އެނގޭ ކަމަށެވެ. 

"އެ އެނގުމަކީ އަޅުގަނޑުމެންގެ މަސްވެރިކަމުގެ ސިޔާސަތުތަކަށް މިއަދުވެސް މަގުދައްކައިދޭ ވިސްނުން. ކަނޑަށް ނުދެވޭ މިންވަރެއް ކަނޑުން ނުނެގުމުގެ ސަގާފަތަކީ އަޅުގަނޑަށް ވާރުތަވި ކަމެއް އަދި އަޅުގަނޑު ނުހަނު ބޮޑަށް ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެންނަށްފަހު މި ކަނޑުތައް ވާރުތަވާ މީހުންނަށް އެ ވިސްނުމާއި ފިކުރު ވާރުތަކޮށްދިނުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް،" ވަޒީރު ވިދާޅުވިއެވެ. 

މި ބައްދަލުގުމުގައި މަޝްވަރާކުރެވޭ އެންމެ މުހިއްމު މައުޟޫއަކަށްވާނީ އިންޑިޔާ ކަނޑުގައި ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކް ދެމެހެއްޓެނެވި މިންގަނޑުތަކެއްގައި ހިފަހެއްޓުމުގެ މަޝްވަރާތައްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ރާއްޖެއިން އަބަދުވެސް ރީނދޫ އުރަހަ ކަންނެލީގެ އާބާދީ ރައްކާތެރިކުރުމަށް ތާއީދުކުރާ ކަމަށެވެ. 

ރީނދޫ އުރަހައިގެ ކަންނެލީގެ އާބާދީ އިތުރުކުރުމުގެ މަސައްކަތް ދިވެހި ސަރުކާރުން 2016 ވަނަ އަހަރު ފެށިފަހުން އެ ދާއިރާއިން މުހިއްމު ގިނަ ފިޔަވަޅުތަކެއް އަޅާފައިވާކަމަށް ވިދާޅުވެ، އެ ފިޔަވަޅުތަކުގެ ތެރެއިން ރީނދޫ އުރަހަ ކަންނެލީގެ މަސްވެރިކަމަށް ގެނެވުނު ބަދަލުތަކާއި ވަދާއެޅުން މަނާކޮށް ހުއްޓުވުން ވަޒީރު ފާހަގަކުރެއްވިއެވެ. 

އެ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖެއަށް އަގުތަކެއް އަދާކުރަންޖެހުނުކަމާއި ކުދި ޖަޒީރާ ގައުމުތަކުން ކަނޑުތަކުގެ ދެމެހެއްްޓެނެވިކަން ކަށަވަރުކުރުމަށް ކުރާ ކޮންމެ މަސައްކަތަކުން މަސްވެރި މުޖުތަމައުތަކަަށް ނޭދެވޭ އަސަރުތަކެއް ކުރި ނަމަވެސް ދިގު ރާސްތާގައި ކަނޑުގެ ވަސީލަތްތައް ދެމެހެއްޓުމުގެ ޒިންމާގެ މުހިއްމުކަަން ގަބޫލުކޮށް ދިވެހިރާއްޖެއިން އެ ފިޔަވަޅުތައް ނަގަހައްޓަަމުންދ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

ވަޒީރު އިތުރަށް ވިދާޅުވީ ދެމެހެއްޓެނެވި ގޮތަކަށް މަސްވެރިކަން ބައްޓަންކުރުމަށް މަސައްކަތްކުރާ ދައުލަތްތަކުން ވަމުންދާ ގުރުބާނީ ކޮމިޝަނުގެ މަސައްކަތްތަކުގައި ބަލައިގަނެވުމަކީ އެދިވަޑައިގަންނަވާ ގޮތް ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު