ENGLISH
11 މޭ 2026
މި އަހަރުގެ ތެރޭގައި ހުރިހާ ސިޓީއެއްގައި ސިންތެޓިކް ޓްރެކް އެޅުމުގެ މަސައްކަތް ފަށާނެ: ރައީސް
11 މޭ 2026
|
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --- ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
މި އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސިޓީއެއްގައި ސިންތެޓިކް ދުވާ ޓްރެކް އެޅުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މި ސަރުކާރުން ކުރިއަށްގެންދާ ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމުގެ އެންމެ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިންތެޓިކް ޓްރެކުތައް ގާއިމުކުރުން ހިމެނެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ސިޓީތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ރާއްޖޭގެ ހުރިހާ ރަށެއްގައި ސިންތެޓިކް ޓްރެކް އެޅުމަށް ނިންމާފައިވާ ކަމަށާއި، މި އަހަރުގެ ތެރޭގައި އެ މަސައްކަތް ފަށަން ނިންމާފައިވާ ކަމަށެވެ.
"ފެށޭނެ ޑޭޓެއް މިގަޑީ ދަންނަވާ ނުލެވުނަސް، މި އަހަރުގެ ތެރޭގައި ހުރިހާ ސިޓީއެއްގައި އެ ޕްރޮޖެކްޓުތައް ކުރިއަށްދާނެ،" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.
ރާއްޖޭގެ ހުރިހާ ސިޓީއެއްގައި ސިންތެޓިކް ދުވާ ޓްރެކް އެޅުމަށް މި ސަރުކާރުން ނިންމާފައިވާއިރު، މި މޝްރޫއު ކުރިއަށްދާނީ އިންޑިއާގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުންނެވެ. މީގެ ކުރިން މާލޭ ކުޅިވަރު އެކުވެނީގައި ގާއިމުކުރި ސިންތެޓިކް ޓްރެކަކީވެސް އިންޑިއާގެ ހިލޭ އެހީގެ ދަށުން ގާއިމުކުރި ދުވާ ޓެރެކެކެވެ.