ENGLISH
11 މޭ 2026
ގަޑިއަކު 40 މޭލަށް ވައިދަގަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަޙައްދަށް ހުދު ސަމާލު ނެރެފި
11 މޭ 2026
|
ރާއްޖޭގެ ބޮޑު ހިސާބަކަށް މޫސުން ގޯސް-- ފޮޓޯ: ޕީއެސްއެމް
އެންމެ މަޤްބޫލު
ގަޑިއަކު 40 މޭލަށް ވައިދަގަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަޙައްދު ހުދު ސަމާލު ނެރެފި އެވެ.
މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފައިވަނީ ކ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހެނދުނު 11:30 އިން ފެށިގެން ހަވީރު 17:30 އާ ހަމައަށެވެ. މެޓްއިން ބުނެފައިވަނީ މި ހިސާބުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
މިއަދު ކުރިން ހުދު ސަމާލު ނެރެފައިވަނީ ހުވަދުއަތޮޅުން ފެށިގެން އައްޑު ސިޓީއާ ހަމައަށް 11:00 އާ ހަމައަށެވެ.
ރާއްޖޭގެ އިރުދެކުނުން އުފެދިފައިވާ ކޮޅިގަނޑުގެ ސަބަބުން އަންނަ ބުދަ ދުވަހާ ހަމައަށް ގަދަވަޔާއެކު ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭވެހި ވިއްސާރަވުމުގެ ފުރުސަތު އޮތް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފަ އެވެ. މި ހަފްތާގައި މޫސުން ގޯސްވާނެތީ އެކަމާ ގުޅިގެން މޫސުމާ ބެހޭ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ހޯދުމަށާއި، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކުރެ އެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ލަފާކުރެ އެވެ.
ރާއްޖޭގެ ދެކުނުގެ ހިސާބުތަކަށް ހުޅަނގު މޫސުން ފެށިފައިވާކަން މޫސުމާ ބެހޭ އިދާރާއިން ހާމަކުރީ އިއްޔެ އެވެ.