ENGLISH

11 މޭ 2026

Advertisement

ފެންފުށީ ޕޮލިސް ޕޯސްޓުގެ މަސައްކަތް ވެސް ބާރު ސްޕީޑުގައި ކުރިއަށް

11 މޭ 2026

|

ހަނާން އަހުމަދު ނައީމް

ފެންފުށީގައި ގާއިމުކުރާ ޕޮލިސް ޕޯސްޓުގެ މަސަްކަތުގެ ތެރެއިން- ފޮޓޯ: އާރް.ޑީ.ސީ

އދ. ފެންފުށީގައި ގާއިމުކުރާ ޕޮލިސް ޕޯސްޓުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާ ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ) އިން ބުނެފިއެވެ.

އާރް.ޑީ.ސީ އިން އެ މަޝްރޫއުގެ އަދާހަމަ ހިއްސާކޮށް ކުރި ޕޯސްޓުގައި ބުނީ އެ މަޝްރޫއަކީ ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމްގެ ދަށުން ކުރިއަށްދާ މަސައްކަތެއް ކަމަށެވެ.

އެގޮތުން، އެ މަޝްރޫއުގެ ދަށުން ޕޮލިސް ޕޯސްޓުގެ ރޫފް ބީމް ކޮންކްރީޓް ކާސްޓިން މަސައްކަތް މިހާރު ނިންމާލެވިފައިވާ ކަމަށް އާރް.ޑީ.ސީ އިން ބުނެއެވެ.

މި މަޝްރޫއަކީ މިދިޔަ އަހަރު އޮކްޓޯބަރު މަހުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެރަށަށް ކުރެއްވި ދަތުރުފުޅުގައި ރަސްމީކޮށް ފައްތަވައިދެއްވި މަޝްރޫއެކެވެ.

ސަރުކާރުގެ އަމާޒަކީ މިއަަހަރު ނިމޭއިރަށް ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކީ ފުލުހުންގެ ހިދުމަތް ގާއިމުވެފައިވާ ރަށަކަށް ހެދުމެވެ. އެގޮތުން ރަށްރަށުގައި ޕޮލިސް ސްޓޭޝަންތައް ހެދުމާއި، ޕޮލިސް ޕޯސްޓުތައް ހެދުން އަދި ޕޮލިސް ޑެސްކުތައް ގާއިމުކުރުމުގެ މަސައްކަތްތައް ސަރުކާރުން އަންނަނީ ހަލުވިކަމާއެކު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު