ENGLISH

11 މޭ 2026

Advertisement

މަސްކިރުވި 34 ދޯޏަކަށް 1.8 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

11 މޭ 2026

|

ސުވެއިދާ ހުސެއިން

މިދިޔަ ހޮނިހިރު މަސްކިރުވި 34 ދޯންޏަކަށް 1.8 މިލިޔަނަށްވުރެ، ގިނަ ރުފިޔާ ޖަމާކޮށްދީފައިވާކަމަށް، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން ބުނެފިއެވެ.

މިފްކޯއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިމަހުގެ 9 ވީ ހޮނިހިރު ދުވަހު  ބޮޑުކަންނެލީގެ މަސްވެރިކަން ހިމެނޭހެން، 1،893،642.00ރ. (އެއްމިލިއަން އަށްލައްކަ ނުވަދިހަތިންހާސް ހަސަތޭކަސާޅީސް ދޭއް ރުފިޔާ) ވަނީ މަސްވެރިންނަށް ޖަމާކޮށްދީފައެވެ.

ދިހަކިލޯއަށްވުރެ މަތީގެ ކަންނެލި ކިރުވި ފަސް ދޯންޏަކަށް 6،560.00 (ހަހާސް ފަސްސަތޭކަ ފަސްދޮޅަސް ރުފިޔާ) ދޫކޮށްފައިވާއިރު، ފަނަރަ ކިލޯ އިން މަތީގެ ކަންނެލި ކިރުވި ތޭރަ ދޯންޏަކަށް 86،000 (އައްޑިހަ ހަހާސް ރުފިޔާ) ވަނީ ދޫކޮށްފައެވެ. އަދި ކަޅުބިލަ މަސްކިރުވި 30 ދޯންޏަކަށް 1،801،082.00ރ. (އެއްމިލިއަން އަށްލައްކަ އެއްހާސް އައްޑިހަ ދޭއް ރުފިޔާ) ވަނީ ޖަމާކޮށްދީފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ކުރީ ސަރުކާރުން މަސްވެރިންނަށް ދޫނުކޮށް 250 މިލިއަނެއްހާ ރުފިޔާ އޮތެވެ. އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރު މަސްވެރިންނަށް ދޫކުރަންޖެހޭ ފައިސާ ދޫކޮށް ނިންމަވައި، 2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހު 48 ގަޑިއިރުތެރޭ މަސްވެރިންނަށް ފައިސާ ލިބޭނެ އިންތިޒާމު ރައީސް ހަމަޖެއްސެވިއެވެ.

ކިޔުންތެރިންގެ ހިޔާލު