ENGLISH

11 މޭ 2026

Advertisement

އަޅުގަނޑު ބޭނުންވަނީ ކޮންމެ ރައްޔިތަކަށްްވެސް އަޅުގަނޑު ކައިރީ ހިޔާލު ފާޅުކުރެވެން: ރައީސް

11 މޭ 2026

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ފޮޓޯ: ރައީސް އޮފީސް

އެމަނިކުފާނު ބޭނުންފުޅުވަނީ ކޮންމެ ރައްޔިތަކު ފާޅުކުރަން ބޭނުންވާ ހިޔާލެއް މިނިވަންކަމާއެކު އެމަނިކުފާނުގެ ކުރިފުޅުމަތީ ފާޅުކުރުމުގެ ފުރުސަތު ދެއްވަންކަމަަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ސިލްސިލާ ގޮތެއްގައި ކޮންމެ ހަފުތާއަކު އެއްފަހަރު ރައީސް ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން މިއަދު ރައީސް އޮފީހުގައި ކުރިއަށްްގެންދެވި ބައްދަލުވުމުގައި ރައީސް މިފަދައިން ވިދާޅުވީ،  މި މަހުގެ ތިންވަނަ ދުވަހުން ހަވަނަ ދުވަހަށް އެމަނިކުފާނު ލަންކާއަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން ލަންކާގައި އުޅޭ ބައެއް ދިވެހިންގެ ގޭގެއަށް ލަންކާ ފުލުހުން ގޮސް، އެ ގައުމުގައި އުޅޭ ދިވެހިންނާއެކު އެމަނިކުފާނު ބޭއްވެވި ބައްދަލުވުމަށް ނުދިއުމަށް ބައެއް މީހުންނަށް އެނގިކަމަށް މީޑިޔާގައި ރިޕޯޓުކުރުމާ ގުޅިގެން ނޫސްވެރިޔަކު ދެންނެވި ސުވާލަށް ޖަވާބުދެއްވަމުންނެވެ. 

ބައެއް މީޑިޔާއިން އެ ހަބަރު ރިޕޯޓުކުރިއިރު ލަންކާ ފުލުހުން ދިވެހިން ދިރިއުޅޭ ބައެއް ގެތަކަށް ގޮސް އެ މީހުން ރައީސްގެ ބައްދަލުވުމުގައި ބައިވެރިނުވުމަށް އެންގީ އެ ގައުމަށް ދިވެހި ސަރުކާރުން ކަނޑައަޅާފައި ހުންނަވާ ސަަފީރު މަސްއޫދު އިމާދު އެދިވަޑައިގަނެގެން ކަމަށް ތުހުމަތުކުރިއެވެ. 

އެ ތުހުމަތުތަކަށް ޖަވާބުދާރީވެވަޑައިގަންނަވަމުން ރައީސް ވިދާޅުވީ އެކަން ހިނގި ގޮތާ ގުޅޭ ގޮތުން އިމާދާ އެމަނިކުފާނު ސުވާލުކުރެއްވި ކަމަށެވެ. އަދި އެފަދައިން އަމަލުކުރުމަށް ލަންކާގެ އިދާރާތަަކުގައި އެއްވެސް އިރެއްގައި އެދިވަޑައިގެންފައިނުވާނެ ކަމުގެ ޔަގީންކަން ސަފީރު ދެއްވިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެކަން ހިނގި ގޮތް އޮޅުންފިލުއްވުމަށް ލަންކާ އެމްބަސީގައި ހުންނަ ގައުމީ ދިފާއީ ބާރުގެ ސެކިއުރިޓީ އަޓާޗޭއާ ސުވާލުކުރެއްވި ކަމަށެވެ. 

"އެތާ ހުންނާނެ ޑިފެންސް އަޓާޗޭއެއް އެމްއެންޑީއެފްގެ، އެ ބޭފުޅާ ތުރޫކޮށްވެސް ބަލައިފިން. އަދިވެސް މިކަން އެންގި ފަރާތެއް ނޭނގޭ. މިކޮޅު ޕޮލިސްއިން ބަލައިފިން މިކޮޅު ފުލުހުން އެކޮޅު ފުލުހުގައި އެދުނުތޯ. އެދިފައެއް ނެތް،" ރައީސް ވިދާޅުވިއެވެ. 

"ސުވާލަކީ އަޅުގަނޑު މިހާވަރަށް ބެލީ ކީއްވެތޯ. އަޅުގަނޑު ބޭނުމެއް ނޫން އެއްވެސް ރައްޔިތަކު އަޅުގަނޑާ ބައްދަލުކުރުން ހުއްޓުވާކަށް،" 

އެމަނިކުފާނު މީގެ ކުރިން ރައްޔިތުންނާ ބައްދަލުކުރެއްވި ބައްދަލުވުންތަކުގައި ކޮންމެ މީހަކު ބޭނުން ހިޔާލެއް ފާޅުކުރަން ފުރުސަތު ދެއްވިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މީގެ ކުރިން ރަށްރަށަށް ދަތުރުކުރެެއްވިއިރު ބަޔަކު އިހުތިޖާޖުކުރާނަމަ އެތަން ކައިރިއަށް ވަޑައިގެން އެ ބަޔަަކު އުފުލަމުންދާ އަޑުއެއްސެވި ކަމަށެވެ. 

އެމަނިކުފާނާމެދު ނުރުހުން ފާޅުކުރުމަކީ އެއްވެސް ގޮތަކަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ނޫންކަން ފާހަގަކުރައްވައި އެމަނިކުފާނުވަނީ އެމަނިކުފާނާމެދު އެއްވެސް ހިޔާލެއް ހިއްސާކުރުމަށް އެއްވެސް ރައްޔިތަކަށް ހުރަސްނާޅުއްވާނެ ކަމުގެ ޔަގީންކަަން ދެއްވާފަައެވެ. 

ކިޔުންތެރިންގެ ހިޔާލު