ENGLISH
11 މޭ 2026
މާފުށީ ބަނދަރު ތަރައްޤީކުރުން؛ މިހާރު ކުރިއަށްދަނީ ބަނދަރުގެ ނެރުގެ ބޭރުތޮށީގެ ޕްރޮފައިލް ރަނގަޅުކުރުން
11 މޭ 2026
|
މާފުށީ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތްތަކުގެ ތެރެއިން/ފޮޓޯ:އެމްޓީސީސީ
އެންމެ މަޤްބޫލު
ކ. މާފުށީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ބަނދަރުގެ ނެރުގެ ބޭރުތޮށީ ޕްރޮފައިލް ރަނގަޅުކުރުމުގެ މަސައްކަތް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން، ކުރިން ފުންކޮށްފައިވާ ފަޅުގެ 28,836 ކިއުބިކް މީޓަރުގެ ސަރަޙައްދަކާއި، އައު ހާބަރ ބޭސިންގެ 63,711 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އިތުރުން، ނެރުގެ 4,414 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުން ކަމަށެވެ. އަދި 31 މީޓަރުގެ ބޭރުތޮށިލުމާއި، 680 މީޓަރުގެ ހިލަ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްވެސް ކުރާނެއެވެ.
މީގެއިތުރުން 700 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، 374 މީޓަރުގެ އެއްގަމުތޮށިލުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ. އެމްޓީސީސީން ފާހަގަކުރިގޮތުގައި ކޮންކްރީޓް ބްރިޖަކާއި ޖެޓީއެއް ހެދުމާއި، 1,869 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހަދައި ބަނދަރު ބައްތި ހަރުކުރުންވެސް މި މަޝްރޫޢުގައި ހިމެނެއެވެ.
މި މަޝްރޫޢުގެ މަސައްކަތްކުރުމަށް އެމްޓީސީސީއާ ހަވާލުކުރީ 76.48 މިލިއަން ރުފިޔާ އަށެވެ. އެއީ، 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ.