ENGLISH
11 މޭ 2026
ރާއްޖޭގެ ޙައްޖު މިޝަންގެ އޮފީސް، ޙައްޖާޖީން މައްކާގައި ތިބޭ ހޮޓަލުގައި ޤާއިމްކޮށްފި
11 މޭ 2026
|
ދިވެހި ހައްޖު މިޝަންގެ ވަފުދު. ފޮޓޯ؛ދިވެހި ހައްޖު މިޝަން
އެންމެ މަޤްބޫލު
ދިވެހި ރާއްޖޭގެ ޙައްޖު މިޝަންގެ އޮފީސް، ޙައްޖާޖީން މައްކާގައި ތިބޭ ހޮޓަލުގައި ޤާއިމްކޮށްފި އެވެ.
ހައްޖު މިޝަންގެ އޮފީސް މައްކާގައި ގާއިމުކުރެވިފައިވަނީ ދިވެހި ހައްޖާޖީން މައްކާގައި ތިބޭ ހޮޓަލުގެ 12 ވަނަ ފަންގިފިލާގެ 28 ވަނަ ރޫމުގަ އެވެ.
މިކަމާ ގުޅިގެން ދިވެހި ޙައްޖުވެރިންގެ ކަންކަމާ ބެހޭ އޮފީހުގެ ވެރިޔާ އަދި ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ޑިރެކްޓާ ޖެނެރަލް އައްޝައިޚް އިމްޠިޠާޢު ޢައްބާސް ވިދާޅުވީ ދިވެހި ހައްޖާޖުވެރިންގެ ކަންކަން ވަރަށް ގާތުން ބައްލަވަމުން ގެންދަވާނެ ކަމަށެވެ.
ހައްޖު މިޝަންގެ ކަންކަމަށް ބޭނުންވާ އެކި އެކި އިދާރީ ކަންކަމާއި، ފައިސާ ހަމަޖެއްސުމުގެ ކަންކަން ހައްޖު މިޝަނުގެ ފަރާތުން ކުރިއަށްގެންދާނެކަމަށް ޝައިޚް އިމްޠިޠާޢު ވިދާޅުވި އެވެ.
"އޭގެ ތެރެއިން ހާއްސަ އިސްކަމެއްދީފައިވަނީ ހައްޖުވެރިންގެ ކަންކަން ހާއްސަ އިންތިޒާމެއްގެ ތެރެއިން އެންމެ ފުރިހަމައަށް ގެންދިއުމަށް. އެކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިއަށް ގެންދާނެ،". ޝައިޚް އިމްޠިޠާޢު ވިދާޅުވި އެވެ.
ދިވެހި ޙައްޖުވެރިންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަތިކުރުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ކުރާ މަސައްކަތުގެ ދަށުން މައްކާ ހޮޓެލުގެ އާބާތުރަ ފިލުވައިފައި ބައެއް ބަދަލުތައް ވަނީ ގެނެސްފަ އެވެ.
ދިވެހި ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15، 17، 18 އަދި 19 ވަނަ ދުވަހު އެވެ.