ENGLISH
11 މޭ 2026
ސައިބާ ސެކިއުރިޓީ އެޖެންސީ ހެދުމުގެ ބިލު ހުށަހަޅައިފި
11 މޭ 2026
|
ސައިބަރ ސެކިއުރިޓީ ބިލް މަޖިލީހަށް ހުށަހެޅުން-- ފޮޓޯ: ޑިޖިޓަލްއެކްސްރެއިޑް
އެންމެ މަޤްބޫލު
ނެޝަނަލް ސައިބަ ސެކިއުރިޓީ އެޖެންސީ ގާއިމުކޮށް، ރާއްޖޭގެ ސައިބަރ ވެށީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މެދުހެންވޭރު ދާއިރާގެ މެންބަރު ހުސައިން ނާސިހެވެ.
ސައިބަރ ސެކިއުރިޓީ ބިލެއް ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި ބިލްގައި ބަޔާންކޮށްފައިވަނީ، ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ދަށުން ދިވެހިރާއްޖޭގެ ސައިބަރ ވެށީގެ ރައްކާތެރިކަން ކަށަވަރުކުރުމެވެ. އެގޮތުން ދައުލަތާއި އަދި އަމިއްލަ ދާއިރާގައި ހިމެނޭ މުހިއްމު އުމްރާނީ ވަސީލަތްތަކާ ގުޅިގައިވާ އިންފޮމޭޝަން ސިސްޓަމްތަކާ ގުޅޭގޮތުން ފުރިހަމަ ވާންޖެހޭ ކަންކަން އެ ބިލުގައި ކަނޑައަޅާފައިވެއެވެ.
މީގެ އިތުރުން ދާޚިލީ އަދި ކްރޮސް-ބޯޑަރ ސައިބަރ ސެކިއުރިޓީ ނުރައްކާތައް ދެނެގަނެ ސައިބަރ ސެކިއުރިޓީގެ އިންސިޑެންޓްތައް ހުއްޓުމުމަށްތަކައި އެފަދަ ނުރައްކާތަކާ އިންސިޑެންޓްތަކަށް ތައްޔާރުވެ އިޖާބާދޭނެ ހަރުދަނާ ނިޒާމެއް ގާއިމްކުރުމުގެ އުސޫލުތައް އެ ބިލުގައި ބަޔާންކުރެއެވެ.
މި ބިލުގެ ދަށުން ރާއްޖޭގެ ސައިބާ ވެށި ރައްކާތެރިކުރުމާއި ގުޅޭ ކަންކަން ރާވައި އިންތިޒާމުކުރުމަށްޓަކައި ނޭޝަނަލް ސައިބަ ސެކިއުރިޓީ އެޖެންސީ ޤާއިމުކޮށް އެ އެޖެންސީގެ މަސްއޫލިއްޔަތުތައް ކަނޑައަޅާނެ އެވެ. އަދި ރާއްޖޭގެ ކްރިޓިކަލް އިންފްރާންސްޓްރަކްޗާގެ ދާއިރާތައް ކަނޑައަޅައި، އެ ދާއިރާތަކާ ގުޅޭގޮތުން ފުރިހަމަ ވާން ޖެހޭ ސަލާމަތީ އަދި ރައްކާތެރިކަމުގެ މިންގަނޑުތައް ވެސް ބަޔާންކުރާނެއެވެ.
ހަމައެހެންމެ ބައިނަލްއަގުވާމީ ސައިބަރ ސެކިއުރިޓީ މިންގަނޑުތަކާއި، އެންމެ ހަރުދަނާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ރާއްޖޭގެ ސައިބަރ ސެކިއުރިޓީއާ ގުޅޭ ގޮތުން ޤައުމީ ފެންވަރުގައި އަމަލު ކުރަން ޖެހޭ ރައްކާތެރިކަމުގެ މިންގަނޑުތައް ވެސް މި ބިލުގެ ދަށުން ކަނޑައެޅިގެންދާނެ އެވެ.
ރާއްޖޭގެ ސައިބަރ ސެކިއުރިޓީގެ ސިޔާސަތުތައް ކަނޑައަޅާނީ ޤާނޫނުގެ ދަށުން އުފައްދާ ނެޝަނަލް ސައިބަ ސެކިއުރިޓީ އެޖެންސީގެ ލަފާގެ މަތިން ޤައުމީ ސަލާމަތާބެހޭ މަޖިލީހުންނެވެ. އަދި އެ އެޖެންސީގެ ބޯޑުގައި ޗެއާޕާސަނަކާއި ޗީފް އެގްޒެކެޓިވްއަކާއި ތިން ޑިރެކްޓަރުން ހިމަނަން ޖެހެ އެވެ.
ރާއްޖޭގައި މިހާރު ވެސް ހޯމްލޭންޑް މިނިސްޓްރީގެ ދަށުން ނެޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީގެ ނަމުގައި ޑިޕާޓްމަންޓެއް އޮވެ އެވެ. މަޖިލީހަށް މިހާރު ހުށަހެޅި ބިލު ފާސްވެ ތަސްދީގުވުމާ އެކު ޤާނޫނީ ބާރު ލިބިގެންވާ މިނިވަން އިދާރާއަކަށް އެތަން ބަދަލުވެގެންދާނެ އެވެ.