ENGLISH

11 މޭ 2026

Advertisement

އޭޑީއެޗްޑީގެ ފަރުވާގެ ބޭހެއް އެތެރެކުރަން ހުއްދަ ދިނުމަށް މަޖިލީހުން ރުހުންދީފި

11 މޭ 2026

|

އާމިނަތު ނުޒްލާ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށްދަނީ-- ފޮޓޯ: މަޖްލިސް އިދާރާ

އެޓެންޝަން-ޑެފިސިޓް ހައިޕަރއެކްޓިވިޓީ ޑިސްއޯޑަރ ނުވަތަ އެޑީއެޗްޑީ ހުންނަ ކުދިންނަށް ބޭނުންވާ މުހިއްމު ބޭހެއްކަމަށްވާ މިތައިލްފެނިޑޭޓް ރާއްޖެ އެތެރެކުރުމުގެ ހުއްދަ ދިނުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

ރާއްޖެއަށް އެތެރެކުރުން މަނާ ތަކެތީގެ ލިސްޓުން މިތައިލް ފެނިޑޭޓް އުނިކުރަން ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ފާސްކުރީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 51 މެމްބަރުންގެ ވޯޓުންނެވެ.

އޭޑީއެޗްޑީ ހުންނަ ކުދިންނަށް ބޭނުންވާ މިތައިލްފެނިޑޭޓް މަނާކޮށްފައި އޮތުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ފޮނުއްވި ސިޓީއާ ގުޅިގެން މަޖިލީހަށް ރައީސް އޮފީހުން ދިން ޖަވާބުގައި ވަނީ އެ މައްސަލައަށް ހައްލެއް ހޯދުމަށް ކެބިނެޓުން މުހިންމު ނިންމުމެއް ނިންމާފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި މައްސަލަ ދިރާސާކުރުމަށްފަހު މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ފާސްކުރީ އެ ބޭހަށް ހުއްދަ ދިނުމަށެވެ.

މެތަލްފެނެޑޭޓަކީ އޭޑީއެޗްޑީ ހުންނަ ކުދިންނަށް ފަސްޓްލައިން ޓްރީޓްމަންޓަށް ބޭނުންކުރާ ބޭހެކެވެ. އޭޑީއެޗްޑީއަކީ ތުއްތުއިރު ފާހަގަކުރެވޭ ހެދިބޮޑުވުމުގެ އެންމެ އާންމު އެއް ޙާލަތެވެ. ބޭހާއި އެކި ތެރަޕީތަކުގެ އެހީގައި އެކަމުގެ ޢަލާމާތްތައް ކުޑަކުރެވޭކަމަށް ފަހުގެ ދިރާސާތަކުން ދައްކަ އެވެ.

މިބޭހަކީ އޭޑީއެޗްޑީ ހުންނަ ކުދިންގެ ފަރުވާއަށް ބޭނުންވާ މުހިއްމު ބޭހެއްކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފައިވެ އެވެ.

މިތައިލްފެނިޑޭޓް ރާއްޖެއަށް އެތެރެ ނުކުރެވެނީ އެއީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި ބުނާ ލިސްޓްގައި ކަނޑައަޅާފައިވާތީ އެވެ.

ކިޔުންތެރިންގެ ހިޔާލު