ENGLISH
11 މޭ 2026
އޭޝިއާ މީޑިއާ ސަމިޓްގެ ޕްރީ ސަމިޓްތައް ފަށައިފި
11 މޭ 2026
|
އޭޝިއަން މީޑިއާ ސަމިޓްގެ ޕްރީ ސަމިޓްގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް
އެންމެ މަޤްބޫލު
އޭޝިޔާ ޕެސިފިކް އިންސްޓިޓިއުޓް ފޮރ ބްރޯޑްކާސްޓިން ޑިވެލޮޕްމަންޓް، އޭއައިބީޑީން ކޮންމެ އަހަރަކު ބާއްވާ އޭޝިއާ މީޑިއާ ސަމިޓްގެ މިއަހަރުގެ ސަމިޓްގެ ޕްރީ-ސަމިޓްތައް ފަށައިފިއެވެ.
އޭޝިއާ މީޑިއާ ސަމިޓްގެ ބައްދަލުވުންތައް މިއަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ބައްދަލުވުންތަކުގެ އިންތިޒާމްތައް ހަމަ ޖައްސަނީ ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިންނެވެ.
މި ސަމިޓްގެ ޕްރީ ސަމިޓް މިހާރު މެންހަޓަންގައި ފަށާފައިވާއިރު، މި ސަމިޓްގެ މައިގަނޑު ބައްދަލުވުންތައް ކުރިއަށްދާނީ މި މަހުގެ 11 އިން 14 އަށް ވިލާ ނޯޓިކާ ރިސޯޓުގައެވެ.
އޭޝިއަން މީޑިއާ ސަމިޓްގެ މިއަހަރުގެ ޝިއާރަކީ "މޯލްޑިވްސް 2.0 ފްރޮމް ޓްރެޑިޝަން ޓު ޓެކް" އެވެ.
ޕްރީ ސަމިޓުގައި 5 ބައްދަލުވުމެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގެ މައުލޫތަކުގެ ތެރޭގައި، ސްޓޯރީޓެލިންއާއި ނިއުސް ޕްރޮޑަކްޝަންގައި އޭއައި ޓޫލްތައް ބޭނުންކުރުމާއި، ކުރިއަރައި، ބަދަލުވަމުން އަންނަ އޭއައިގެ ޓެކްނޮލޮޖީގެ މުހިންމުކަމާއި، އޭއައިއަށް ބަރޯސާވަމުން އަންނަ މިޒަމާނުގައި ޑިޖިޓަލް މީޑިއާގެ އިތުބާރު ހިފަހައްޓާނެ ގޮތާއި، މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމުގައި މީޑިއާގެ ދައުރު ހިމެނެއެވެ.
މިވޯކްޝޮޕްތައް ކުރިއަށްދަނީ ވިލާ ނޮޓިކާގައާއި، ހުޅުލޭ އައިލެންޑް ހޮޓަލާއި، މެންހަޓަންގައެވެ. މި ސަމިޓް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.
ސަމިޓްގެ ބައްދަލުވުންތަކަށް ފަހު ނިންމާލުމަށް ހަމަޖެހިފައިވަނީ ކުޑަގިރީގައި ކުރިއަށްގެންދާ މުރަކަ އިންދުމުގެ ހާއްސަ ހަރަކާތަކުންނެވެ.
އޭޝިއާ ޕެސިފިކް ގައުމުތަކުގެ ބްރޯޑްކާސްޓްކުރުމާއި ބްރޯޑްކާސްޓްކުރުމުގެ ކަންކަން ބެލެހެއްޓުމުގެ މަސައްކަތުގައި އެންމެ އިސް ފެންވަރުގައި ޙަރަކާތްތެރިވެވަޑައިގަންނަވާ 300 އެއްހާ މީހުން މި ސަމިޓްގައި ބައިވެރިވާނެއެވެ. އޭގެތެރޭގައި 80 އިންސައްތަ މީހުންނަކީ ބޭރު ޤައުމުތަކުގެ މީހުންނެވެ.