ENGLISH

11 މޭ 2026

Advertisement

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސިފަމާ ފަން ރަން 2026 ގައި ބައިވެރިވެވަޑައިގެންނެވުން

11 މޭ 2026

|

ޢަލީ ޝަހީމް

ސިފައިންގެ ފެމިލީ އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ސިފަމާ ފަން ރަން 2026 ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައި އެ ޙަރަކާތުގައި ބައިވެރިވެވަޑައިގެންފި.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ސިފަމާ ފަން ރަން 2026 ގައި ބައިވެރިވެވަޑައިގެންނެވުން. ފޮޓޯ: ރައީސް އޮފީސް

މި ހަރަކާތް ބޭއްވީ 9 މެއި 2026 ވަނަ ދުވަހު ހުޅުމާލެ ސިންތެޓިކް ޓްރެކުގައި. މިރަސްމިއްޔާތަށް އެކަމަނާ ވަޑައިގަތުމުން މަރުޙަބާ ދެންނެވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، ޙަސަން ރަޝީދުގެ ދެކަނބަލުންނާއި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ ދެކަނބަލުން.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ސިފަމާ ފަން ރަން 2026 ގައި ބައިވެރިވެވަޑައިގެންނެވުން. ފޮޓޯ: ރައީސް އޮފީސް

ސިފަމާ ފަން ރަން 2026 ގެ ޙަރަކާތްތައް ރަސްމީކޮށް ފައްޓަވައިދެއްވުމަށްފަހު، އެކަމަނާ ވަނީ ދުވުމުގައި ބައިވެރިވެވަޑައިގެންފަ.

ސިފަމާ ފަން ރަން 2026 ގެ ތެރެއިން. މި ފަން ރަންގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފަ. ފޮޓޯ: ރައީސް އޮފީސް

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ސިފަމާގެ ފަރާތުން ވަނީ ހަނދާނީ ފިލައެއް އަރުވާފަ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ސިފަމާ ފަން ރަން 2026 ގައި ބައިވެރިވެވަޑައިގެންނެވުން. ފޮޓޯ: ރައީސް އޮފީސް

ސިފައިންގެ ޢާއިލާ އާއި އާއްމުން ހިމެނޭގޮތަށް ހާހަކަށްވުރެ ގިނަ މީހުން ބައިވެރިވި މިދުވުމަށް ފަހު، ކުޑަކުދިންގެ ދުވަހާއި މަންމައިންގެ ދުވަހާއި ގުޅުވައިގެން ޚާއްޞަ ކޭކެއްވެސް ވަނީ ފަޅާފަ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ސިފަމާ ފަން ރަން 2026 ގައި ބައިވެރިވެވަޑައިގެންނެވުން. ފޮޓޯ: ރައީސް އޮފީސް

މިއީ ސިފައިންގެ ފެމިލީ އެސޯސިއޭޝަންގެ ފަރާތުން މިދުވުން ކުރިއަށް ގެންދިޔަ ދެވަނަ އަހަރު. 

ކިޔުންތެރިންގެ ހިޔާލު