ENGLISH
10 މޭ 2026
އަދަދާ ގުޅޭ މައްސަލަ ކްރިމިނަލް ކޯޓުން ބަލައިގަނެ އަމުރެއް ނެރުއްވައިފި
10 މޭ 2026
|
ކްރިމިނަލް ކޯޓް -- ފޮޓޯ: ދައުރު
އެންމެ މަޤްބޫލު
އަދަދު ނޫހުން، ހުތުރު އަދި ޙަޤީޤަތެއް ނެތް ވާހަކަތަކެއް ހިމަނާ ނެރެފައިވާ ވީޑިއޯ ޑޮކިއުމަންޓްރީއާ ގުޅިގެން ޕްރޮސެކިއުޓަރު ޖެނެެެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށައެޅި މައްސަލަ ބަލައިގަނެ އެ ކޯޓުން އަމުރެއް ނެރުއްވައިފި އެވެ.
ކޯޓުން މިފަދަ އަމުރެއް ނެރުއްވީ އަދަދު ނޫހުގެ އެޑިޓަރ އިން ޗީފް އަދި ސީއީއޯ ޙުސައިން ފިޔާޒް މޫސާ އާއި، އެޑިޓަރ ޙަސަން މުޙައްމަދުގެ މައްޗަށް ޤާނޫނުލްޢުޤޫބާތުގެ 612 ވަނަ މާއްދާގެ ދަށުން ޤަޛުފުގެ ކުށުގެ ދަޢުވާ މިއަދު އެ ކޯޓަށް ހުށައެޅުއްވުމާއި ގުޅިގެންނެވެ.
އެ މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ “ޝަރީޢަތުގައި ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް ޢަމަލު ނުކުރުމަށް އަންގައި ކުރާ އަމުރު” ނެރުއްވާފަ އެވެ.
އެ އަމުރުގައި ވަނީ ކޯޓުން އެ މައްސަލައިގައި ވަކި ގޮތެއް ކަނޑައަޅަން ދެން އަދަދުގެ ވީޑިއޯ ޑޮކިއުމަންޓްރީ މުޖްތަމަޢުގެ ތެރޭގައި ދައުރު ނުކުރުމަށް އަމުރުކޮށްފަ އެވެ.
ނިމިގެންދިޔަ ކައުންސިލް އިންތިޚާބާއި ދިމާކޮށް އަދަދުން މިފަދަ ޑޮކިއުމަންޓްރީއެއް ނެރެފައިވާއިރު ޙަޤީޤަތެއް ނެތް ދޮގު ވާހަކަތަކެއް ހިމަނާ އެ ނޫހުން ވަނީ ރިޔާސީ އިންތިޚާބާ ދިމާކޮށްވެސް އެފަދަ ވީޑިއޯއެއް ނެރެފަ އެވެ.