ENGLISH
10 މޭ 2026
ރާއްޖޭގެ ދެކުނަށް ހުޅަނގު މޫސުން ފެށިއްޖެ
10 މޭ 2026
|
އުތުރުގެ ރަށަކަށް މޫސުން ގޯސްވެފައި --
އެންމެ މަޤްބޫލު
ރާއްޖޭގެ ދެކުނުގެ ހިސާބުތަކަށް ހުޅަނގު މޫސުން ފެށިއްޖެ އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނީ އިރުވައި މޫސުމަކީ މީލާދީ ގޮތުން ބަލާއިރު ގާތްގަނޑަކަށް ޖެނުއަރީ މަހުން ފެށިގެން މާޗުގެ ނިޔަލަށް ކަމަށެވެ.
ހުޅަނގު މޫސުމުގެ އަސަރުތައް އާއްމު ގޮތެއްގައި މެއި މަހުގެ ފުރަތަމަ ނުވަތަ ދެ ވަނަ ހަފުތާގައި އަތޮޅުތަކަށް ފެށޭ ކަމަށާއި އޭގެ ފަހުން އެ މޫސުމުގެ އަސަރު މެދުރާއްޖެ ތެރެއަށް ފޯރައި، މި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށޭނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ ބުނެފަ އެވެ.
މިއަހަރުގެ ހުޅަނގު މޫސުން ދެކުނުގެ އަތޮޅުތަކަށް ފެށިފައި ވަނީ މޭ މަހުގެ 8 ވަނަ ދުވަހު އެވެ.
އިރުވައި މޫސުމަކީ މީލާދީގޮތުން ބަލާއިރު ގާތްގަނޑަކަށް ޖެނުއަރީ މަހުން ފެށިގެން މާޗުގެ ނިޔަލަށެވެ.
ވާރޭ: މެއި 1 ގެ ފަހުން ދެކުނުގެ އަތޮޅުތަކުގެ މަދުވެގެން 60 ޕަސެންޓު ސްޓޭޝަނުން 2.5 މިލިމީޓަރު ނުވަތަ އިތުރަށް ދުވާލެއްގެ މައްޗަށް ރިކޯޑުކުރެވުން.
ވައި: މެއި 1 ގެ ފަހުން ދެކުނުގެ އަތޮޅުތަކުގެ މަދުވެގެން 60 ޕަސެންޓު ސްޓޭޝަންގައި ވައިގެ މިސްރާބު ހުޅަނގު ދެކުނާއި ހުޅަނގާ ދެމެދު ހުރެފައި ގަޑިއަކު 10 ނޯޓިކަލް މޭލަށްވުރެ ބާރުމިނުގައި ޖެހުން.
އެ ހާލަތުތައް ވިދިވިދިގެން ދެ ދުވަހަށް ވުރެ އިތުރަށް ދެމިގެން ދިއުމަކީވެސް ހުޅަނގު މޫސުން ފެށުނު ކަމަށް ބަލާ މިންގަނޑެވެ.