ENGLISH

10 މޭ 2026

Advertisement

މާސްޓަރސް އެތުލެޓިކްސްގެ ޗެމްޕިއަންކަން އައިލެންޑް ރަނާސްއިން ދިފާއުކޮށްފި

10 މޭ 2026

|

އިސްމާއިލް ޝާހު

މާސްޓަރސް އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ އަންހެން އަދި ފިރިހެން ޗެމްޕިއަން ޓީމު --- ފޮޓޯ: ގާފު ސްޕޯޓްސް

މާސްޓަރސް އެތުލެޓިކްސް މޯލްޑިވްސްގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވި "މާސްޓަރސް އެތުލެޓިކްސް ޗެމްޕިއަންޝިޕް 2026" ގެ އަންހެން އަދި ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން އައިލެންޑް ރަނާސްއިން ދިފާއުކޮށްފިއެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން އައިލެންޑް ރަނާސްއިން ހޯދިއިރު، އެ ޓީމުން ވަނީ ޖުމްލަ 51 މެޑެލް ހޯދައިފައެވެ. އެއީ 25 ރަން މެޑެލް، 18 ރިހި މެޑެލް އަދި 8 ލޯ މެޑެއްޔެވެ. ފިރިހެން ޑިވިޝަނުގެ ދެވަނަ ސްރީ ލަންކާއިން ހޯދިއިރު، އެ ޓީމުން ވަނީ ޖުމްލަ 43 މެޑެލް ހާސިލުކޮށްފައެވެ. މި ބައިގެ ތިންވަނަ 10 މެޑެއްޔާއެކު ހޯދީ އަނާކީ ސްޕޯޓްސްއިންނެވެ.

މި މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން އައިލެންޑް ރަނާސްއިން ހޯދީ ޖުމްލަ 46 މެޑެއްޔާއެކުއެވެ. އެއީ 24 ރަން މެޑެލް، 16 ރިހި މެޑެލް އަދި ހަ ލޯ މެޑެއްޔެވެ. އަންހެން ޑިވިޝަނުގެ ދެވަނަ ހޯދީ ރަނިންމޯޑު އެތުލެޓިކްސްއިންނެވެ. އެ ޓީމު ވަނީ ޖުމްލަ 33 މެޑެލް ހާސިލުކޮށްފައެވެ. މި ބައިގެ ތިންވަނަ ޖުމްލަ 15 މެޑެއްޔާއެކު ހޯދީ ސްރީ ލަންކާ ޓީމުންނެވެ.

މި މަހުގެ 7-9 އަށް މާލޭ ކުޅިވަރު އެކުވެނި ސިންތެޓިކް ޓްރެކުގައި ކުރިއަށްދިޔަ މި މުބާރާތް ބަހާލާފައިވަނީ ހަތް އުމުރުފުރާއަކަށެވެ. އަދި މުބާރާތުގައި ވަނީ 11 އިވެންޓެއް ކުރިއަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު