ENGLISH
10 މޭ 2026
މުޖުތަމަޢު ބިނާކުރުމުގައި މައިން އަދާކުރައްވާ މުހިންމު ދައުރުގެ އަގުވަޒަންކުރައްވައި ފަސްޓް ލޭޑީ ތަޢުރީފު ކުރައްވައިފި
10 މޭ 2026
|
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ރަށަކަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން. --ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
މުޖުތަމަޢު ބައްޓަންކޮށް ބިނާކުރުމުގައި ޤައުމީ ފެންވަރުގައި އަދި ދުނިޔޭގެ ފެންވަރުގައި މައިން އަދާކުރައްވާ މުހިންމު ދައުރުގެ އަގުވަޒަންކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު، މައިންނަށް ތަޢުރީފުކުރައްވައިފި އެވެ.
މަންމައިންގެ ދުވަހާ ގުޅިގެން 'އެކްސް' ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި، ޤައުމު ބިނާކުރުމުގައި މައިން އަދާކުރައްވާ މައިގަނޑު ދައުރު އެކަމަނާ ފާހަގަކުރެއްވި އެވެ.
އަދި ޤައުމީ ކުރިމަގުގެ ބިންގާ އެޅުމަށްޓަކައި ދިވެހި މައިން ދެއްވާ އަޅާލުމާއި، ވެވަޑައިގަންނަވާ ކޮންމެ ޤުރުބާނީއަކާއި، އުނގަންނައިދެއްވާ ކޮންމެ ފިލާވަޅަކަށް އެކަމަނާ ވަނީ ސާބަސް ދެއްވާފަ އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި މައިންނަށް އެކަމަނާގެ އިޚްލާޞްތެރި ޝުކުރު އަދާކުރައްވަމުން، މައިންގެ ކިބައިގައިވާ ހިތްވަރާއި، އޯގާތެރިކަން، އަދި ނުގުޑާފަދަ ސާބިތުކަމަކީ އާއިލާތަކާއި މުޖުތަމަޢުތަކުގެ ހަމަޖެހުމުގެ ފަހަތުގައިވާ އެންމެ ބޮޑު ބާރުކަމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސިފަކުރެއްވި އެވެ.