ENGLISH

09 މޭ 2026

Advertisement

ހުއިފިލަނޑާ އެކްސްޕޯޓް ކުރާ ފަރާތްތަކަށް ހުރި ދަތިތައް ހައްލުކުރުމަށް މަޝްވަރާކޮށްފި

09 މޭ 2026

|

އައިމިނަތު ޝަފާ

ހުއިފިލަނޑާ އެކްސްޕޯޓް ކުރާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން. ފޮޓޯ؛މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ.

ރާއްޖޭގައި ހުއިފިލަނޑާ އެކްސްޕޯޓް ކުރާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް މަޝްވަރާކޮށްފި އެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމާއި ވުޒާރާގެ އިސް ބޭފުޅުން، ރާއްޖޭގައި ހުއިފިލަނޑާ އެކްސްޕޯޓް ކުރާ ފަރާތްތަކާ އިއްޔެ ބައްދަލުކުރެއްވި އެވެ. 

މި ބައްދަލުކުރެއްވުމުގައި ވަޒީރު އަހުމަދު ޝިޔާމްގެ އިތުރުން ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތަލިބާއި ސްޓޭޓް މިނިސްޓަރު އައިމިނަތު ހުސައިން ޝަރީފްއާއި ވުޒާރާގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ރާއްޖޭގައި ހުއިފިލަނޑާގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ބޭފުޅުން ބައިވެރިވި އެވެ.

މި ބައްދަލުވުމުގައި، މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ވިޔަފާރީގެ މުޢާމަލާތްތަކުގައި ހުރި ދަތިތައް ހައްލުކޮށް ލުއިފަސޭހަ ގޮތްތަކެއް މަގުފަހިކުރުމަށާއި، ހުއިފިލަނޑާގެ މަސްވެރިކަން ބެލެހެއްޓުމަށް ކަނޑައަޅާފައިވާ އުސޫލުތައް ހަރުދަނާކަމާއެކު ތަންފީޒުކުރުމާ ގުޅޭގޮތުންކަމަށް ވުޒާރާއިން މައުލޫމާތު ދެއެވެ.

މީގެއިތުރުން ހުއިފިލަނޑާގެ މަސްވެރިކަން ކުރާ ފަރާތްތަކަށާއި މި ސިނާޢަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުންވެސް މަޝްވަރާކޮށްފައި ވެއެވެ.

އަދި ބައިނަލްއަޤްވާމީ 'ސައިޓީސް ' މުއާހަދާ ތަންފީޒުކުރުމުގައި މަސްވެރިކަމާއި ހުރި ގުޅުން އަދި އަމަލުކުރެވިދާނެ ހަމަތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކުރެވުނުކަމަށް ވުޒާރާއިން ފާހަގަކުރެ އެވެ. 

ކިޔުންތެރިންގެ ހިޔާލު