ENGLISH
09 މޭ 2026
ޚާއްޞަ މަޖިލީހުގެ މެމްބަރު ރާމިޒް އަވާހަރަވުމާ ގުޅިގެން ރައީސްގެ ތައުޒިޔާ
09 މޭ 2026
|
ކުރީގެ މެމްބަރު މުޙައްމަދު ރާމިޒް.
އެންމެ މަޤްބޫލު
ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ގ.ލިފަދޫ، މުޙައްމަދު ރާމިޒް އަވަހާރަވުމާ ގުޅިގެން އެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
ރާމިޒު އަވަހާރަވުމުގެ ހިތާމައިގައި އެ އާއިލާއަށް ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ރައީސް ވަނީ ރާމިޒަކީ ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ އަދި ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާއިން ޤައުމަށް ޚިދުމަތް ކުރެއްވި ބޭފުޅެއްކަން ފާހަގަކުރައްވާފަ އެވެ.
ރައީސް ވަނީ މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި މަރްޙޫމް ރާމިޒް ލަހައްޓަވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
މުޙައްމަދު ރާމިޒް އަވަހާރަވެފައިވަނީ އުމުރުފުޅުން 74 އަހަރުގަ އެވެ. މައްޔިތާގެ ޖަނާޒާ އޮންނާނީ މިއަދު އަޞުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގަ އެވެ.