ENGLISH

09 މޭ 2026

Advertisement

މިނާގައި ދިވެހިން ތިބޭ ޓެންޓުތައް ނިމިއްޖެ، ފާހާނާ ހަތަރު ގުނަ ގިނަވާނެ

09 މޭ 2026

|

އައިމިނަތު ޝަފާ

މިނާގެ އިންތިޒާމުތައް ހައްޖު މިޝަނުން ބައްލަވާލެއްވުން. ފޮޓޯ؛ ހައްޖު މިޝަން

މިއަހަރުގެ ހައްޖުގައި ދިވެހި ހައްޖުވެރިން މިނާގައި ތިބޭ ޓެންތުތައް ގާއިމުކުރުމުގެ މަސައްކަތް މިހާރު ނިންމާލާފައިވާކަމަށާއި، މިފަހަރު ޓެންޓުތަކުގައި ގާއިމުކޮށްފައިވާ ފާހާނާތަކުގެ އަދަދު މިދިޔަ ހައްޖު މޫސުމާ އަޅާބަލާއިރު ހަތަރު ގުނަ އިތުރުވޭނެކަމަށް ދިވެހި ހައްޖު މިޝަނުން ބުނެފި އެވެ.

މިއަހަރުގެ ހައްޖުގައި ދިވެހި ހައްޖުވެރިން މިނާގައި ތިބޭނީ މިދިޔަ އަހަރުވެސް ތިބި ސަރަހައްދުގަ އެވެ. މިއީ ދަތުރުފަތުރާއި ހިލައުކުމަށް ދިއުމަށް ވެސް ފަސޭހަ ސަރައްދެކެވެ. މިނާގެ އެންމެހާ އިންތިޒާމްތައް ކުރިއަށްގެންދަނީ މައްކާ އެޖެންޓް ރަވާފް މިނާގެ އެހީތެރިކަމާއެކުގަ އެވެ. 

ހައްޖު މިޝަނުން ބުނީ މިނާގެ ތައްޔާރީތަކުގެ ތެރެއިން މިހާރު ކުރަމުންދަނީ އެންމެ ފަހުގެ މަސައްކަތްތައްކަމަށެވެ. ޓެންޓުތަކާއި އެހެނިހެން ހިދުމަތްތައްދޭ ފެސިލިޓީތަކުގެވެސް އިމާރާތާގުޅޭ މަސައްކަތްތައް ނިންމާފައިވާކަމަށް ހައްޖު މިޝަނުން މައުލޫމާތު ދެއެވެ.

މިނާގެ ތައްޔާރީތަކުގެ ތެރެއިން މިހާރު ކުރިއަށްދަނީ ބޭނުންވާ އެހެނިހެން ވަސީލަތްތައް ޓެންޓަށް ގެންދިއުމުގެ މަސައްކަތްތަކެވެ.

ހައްޖު މިޝަނުން ބުނީ މިއަހަރު އެންމެ ބޮޑު ބަދަލެއް ގެންނަނީ ފާހާނާތަކާއި ކެއިންބުއިމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ކަމަށެވެ. އެގޮތުން ކުރިން މިނާގައި ދިވެހިން ބޭނުންކުރަމުންދިޔައީ ވިއްސަކަށް ފާހާނާ އެވެ. ނަމަވެސް މުޅިން އައު ފާހާނާ އިމާރާތެއް ހަދާ، މިއަހަރު އެ އަދަދު ފަސްދޮޅަހަށްވުރެ އިރުކޮށްފައިވެއެވެ. 

ދިވެހި ޙައްޖުވެރިންނަށް ފުރިހަމަ ޚިދުމަތެެއް ފޯރުކޮށްދިނުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ނެވެ. ޙައްޖު މޫސުމުގައި ވުޒާރާއިން މައްކާގައި ޤާއިމުކުރާ ދިވެހި ޙައްކުވެރިންގެ ކަންކަމާ ބެހޭ އޮފީހުގެ ވެރިކަށް ހަމަޖައްސަވާފައިވަނީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްޠިޠާޢު ޢައްބާސް އެވެ.

ދިވެހި ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15، 17، 18 އަދި 19 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު