ENGLISH
09 މޭ 2026
ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައިވާ މީހަކު ހޮސްޕިޓަލަށް ގެންގޮސްފި، މައްސަލަ ތަހުގީގު ކުރަނީ
09 މޭ 2026
|
އޭޑީކޭ ހޮސްޕިޓަލް
އެންމެ މަޤްބޫލު
ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައިވާ މީހަކު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިގެން ތަޙުޤީޤެއް ފަށައިފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައިވާ މީހަކު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު މެއި 08 ވަނަ ދުވަހުގެ ރޭ 00:09 އެހައިކަންހާއިރު އޭޑީކޭ ހޮސްޕިޓަލުން ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ.
އަނިޔާވެފައިވަނީ 49 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާ މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަަށް ބުންޏެވެ.
ބައެއް ރިޕޯޓްތައް ބުނާގޮތުން ޒަޚަމުވީ ޤާނޫނީ ވަކީލް ނާޒިމް ސައްތާރެވެ. އޭނާއަށް ހަމަލާދިނީ ކާކު، ކީއްވެ ކަމެއް ސާފެއް ނުވެ އެވެ. އަދި ލިބުނު އަނިޔާގެ ތަފްސީލެއް ސާފެއް ނުވެ އެވެ.